ދިވެހިންނަށް އޮތް ހަމައެކަނި ޗޮއިސްއަކީ ގާސިމް: ކުރީގެ ރައީސް ޑރ. ވަހީދު

އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ރިޔާސީ ކެންޑިޑޭޓުންގެ ތެރެއިން، ދިވެހިންނަށް އޮތް ހަމައެކަނި ޗޮއިސްއަކީ ގާސިމް އިބްރާހިމްކަމަށް ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، ށ. މިލަންދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވަހީދު ވަނީ ވޭތުވެދިޔަ ހުރިހާ ސަރުކާރުތަކަކަށްވުރެ މި ސަރުކާރުން ނެގި ދަރަނި އިތުރުވެފައިވާކަން ފާހަގަކޮށް އަދި އެފައިސާ ހޭދަކުރީ ބަދަލުދިނުމުގެ ނަމުގައި ބޮޑުންނަށް ބަހާލުމަށްކަމަށް ތުހުމަތުކުރައްވާފައެވެ. ސަރުކާރަށް ދެވަނަ ދައުރެއް ދީފިނަމަ، ގައުމު އަޅުވެތިވާނެކަން ފާހަގަކޮށް ރައީސް ވަހީދު ވިދާޅުވީ، ސަރުކާރުގެ ކިބައިން މިހާރު މިނިވަންވާން ވެއްޖެކަމަށެވެ.
ރައީސް ވަހީދު ވިދާޅުވީ މިއަދު ބަލަންވީ އެންމެ ގާބިލު މީހަކީ ކާކުތޯ ކަމަށާއި، މިގައުމުގެ ވެރިކަން ކުރުމަށް އެކަމުގެ ތަޖުރިބާހުރީ ކާކަށްތޯކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފަށައި، ޕާޓީގެ މެނިފެސްޓޯވެސް މިހާރު އާންމުކޮށްފައިވާއިރު، ރައްޔިތުންނަށް އުއްމީދީ ވައުދުތަކެއް ގާސިމްގެ މެނިފެސްޓޯގައި ވަނީ ވެފައެވެ.
ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެ، ދެއްވި ޔަގީންކަމުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައެވެ.
ގާސިމްގެ ރަނިންމޭޓުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ޑރ. އަމީން އިބްރާހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ