ދިރާގު ބެކްޓު ސްކޫލް ޕްރޮމޯޝަން: ފޮތް ކަވަރު ޝެއަރކޮށްގެން 5 ފަރާތަކަށް 1000 ރުފިޔާގެ ސްޓޭޝަނެރީ ވައުޗަރެއް

ދިރާސީ އާ އަހަރު ފެށެން ގާތްވުމާއި ގުޅިގެން ދިރާގުން ވަނީ އެ ކުންފުނީގެ އާ ކެމްޕެއިން ކަމަށްވާ "ދިރާގު ބެކް ޓު ސްކޫލް" ކެމްޕެއިން ލޯންޗުކޮށްފައެވެ.
ކޮންމެ އަހަރަކުވެސް ތަފާތު ޑިޒައިންތަކަށް ފޮތުގެ ކަވަރުތަށް ހެދުމަކީ ގިނަ ބެލެނެވެރިން އާ އަހަރު ތައްޔާރުވުމުގެ ގޮތުން ކުރަމުން އަންނަކެމެކެވެ. އެގޮތުން ދިރާގުގެ މި ކެމްޕެއިންގެ ދަށުން އެކުންފުނިން ވަނީ ކޮންމެ ކުއްޖެގެވެސް އާ އަހަރުގެ ފޮތް ކަވަރު ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން ނަސީބުވެރި 5 ފަރާތަކަށް 1000 ރުފިޔާގެ ހާއްސަ ސްޓޭޝަނެރީ ވައުޗަރެއް ލިބިމުގެ ފުރުސަތު ހުޅުވާލާފައެވެ.
އެ ގޮތުން ދިރާގުގެ ހާއްސަ ސޯޝަލް މީޑިއާ ޕޯސްޓުގައި #DhiraaguBackToSchool ހޭޝްޓެގް ޖެހުމަށްފަހު އާ ސްކޫލް އަހަރުގެ ފޮތް ކަވަރު ހިއްސާކޮށްލުމުން މި ގުރުއަތުގައި ބައިވެރިވެވޭނެއެވެ.
ދިރާގު 'ބެކް ޓު ސްކޫލް' ކެމްޕެއިންގެ ދަށުން އެކުންފުނިން ވަނީ އާ ދިރާގު ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓަރ އަދި ހިލޭ ސެޓް-އަޕް ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. 4 އޯގަސްޓު 2023 ގެ ނިޔަލަށް ކުރިއަށްދާ މި ހާއްސަ އޮފަރ ދިރާގުގެ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖެއް ނަގާ ފަރާތަކަށްވެސް ލިބިގެންދާނެއެވެ.
މީގެ އިތުރުން، މި ކެމްޕއެންގެ ދަށުން 50 ޕަސެންޓް ޑިސްކައުންޓާއެކު އެންމެ 594 ރުފިޔާއަށް ދިރާގު މައިފައި ޑިވައިސްއެއް ގަތުމުގެ ފުރުސަތުވެސް ކަސްޓަމަރުންނަށް ވަނީ ހުޅުވާލާފައެވެ. މި ލިމިޓަޑް ޓައިމް ޕްރޮމޯޝަން ކުރިއަށްދާނީ 31 އޯގަސްޓު 2023 ގެ ނިޔަލަށެވެ.
ދިރާގު 'ބެކް ޓު ސްކޫލް' ކެމްޕެއިންއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: https://bit.ly/3rMATYg
ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހުރިހާ އުމުރު ފުރައަކަށް އެކަށޭނެގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ