މ. މުލަކު ބަނދަރު ބޮޑުކުރުމާއި ނެރުފައިކަށި ހެދުމުގެ މަސައްކަތް އެމްޓީސީސީއަށް

މ. މުލަކު ބަނދަރު ބޮޑުކުރުމާއި ނެރުފައިކަށި ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް އެމްޓީސީސީއަށް ހަވާލު ކޮށްފައިވަނީ 485 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
62634246.84 ރުފިޔާ ޚަރަދު ކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ ދަށުން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައުވަނީ:
އައު ބަނދަރު ފުން ކުރުމާއި
ނެރު ފުން ކުރުން
ސޭންޑްފިލް ބްރޭކްވޯޓަރ ހެދުން
ސޭންޑްފިލް ކީވޯލް ނެރު ފައިކަށިޖެހުން
ސަބްމާރޖްޑް ބްރޭކްވޯޓަރ ޖެހުން
ރިވެޓްމެންޓް ޖެހުން
އެއްގަމު ތޮށި ޖެހުން
ސްކޯރިންގ އެޕްރޮން ޖެހުން
މީގެއިތުރުން މޫރިންގ ރިންގް ހަރުކުރުމާއި، އެކްސެސް ޕްލެޓްފޯމް އެޅުމާއި، ކޮންކްރީޓް ބްރިޖް ހެދުން އަދި ނެރު ބައްތި ޖެހުމާއި މަގު ބައްތި ހަރުކުރުމުގެ އިތުރުން ޕޭވްމަންޓް ހެދުން ހިމެނެއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ
ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ