ދަނބިދޫ ފެނަކަ ބުރާންޗުގެ މެނޭޖަރު އެރަށު ގެއެއްގެ ތެރޭގައި ހުރި ފެން ބެޓަރިތަކެއް ވަގަށް ގެންގޮސް ވިއްކަން އުޅުނު މައްސަލަ ބެލުން, އިސްދޫ ދާއިރާ މެމްބަރު ޕޮލިހަށް ނުފޫޒު ފޯރުވައިގެން ހުއްޓުވައިފި!

‏ލ.ދަނބިދޫ ފެނަކަ ބްރާންޗްގެ މެނޭޖަރު ހަސީބު ފެނަކައިން ބެޓެރީތަކެއް ވަގައް ނަގައިގެން ވިއްކަން އުޅެނިކޮށް ފަޅާއަރައިގެން ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެކަން ހުއްޓުވައިފިއެވެ. ‏އެރަށު ރައްޔިތުން ވަނީ މިހާރު އެ މައްސަލަ ޕޮލިހައްވެސް ހުށަހަޅާފައެވެ.
މެނޭޖަރު ވަގަށް ގެންދަން އުޅުނު ބެޓަރީ
އެހެންނަމަވެސް އެނގިފައިވާ ގޮތުގައި މިއަދާއި ހަމައަށްވެސް ފުލުހުން އެމައްސަލަ ބަލާފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ‏ހަސީބަކީ އިސްދޫ ދާއިރާ މެމްބަރު އިސްމާޢިލް ޝަފީއުގެ ވަރަށް އަރިސް ފަރާތެކެވެ.
މެނޭޖަރު ވަގަށް ގެންދަން އުޅުނު ބެޓަރީތައް
‏ހަސީބަކީ ކުރީގައިވެސް، ރައީސް ޔާމިނު ވެރިކަމުގަ ފެނަކަ ދަނބިދޫ ބްރާންޗުގެ އިސްމަގާމެއް ފުރާފައިވާ ފަރާތެކެވެ. އަދި 2018 ގައި ޕެޓީކޭޝްއިން ވައްކަން ކޮށްގެން 2019 ވަނަ އަހަރުވަނީ އެ ވަޒީފާއިން އޭނާ ވަކިކޮށްފައެވެ.
‏މިސަރުކާރު ވެރިކަމަށް އައުމަށްފަހު, މުއިއްޒު ގެންދަވަނީ ވައްކަމާއި, މަކަރާއި ހާލަތުގެ ކުށުގެ ރެކޯޑު އޮތް އެތައް ބަޔަކަށް ކުންފުނިތަކުން ވަޒީފާ ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ