ގިރާވަރުފަޅުގެ މަޝްރޫއު ހުއްޓިފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު/އޮކްޓޯބަރު މަހު ދައްކަންޖެހޭ ބިލަކަށް ފައިސާ ނުދައްކައި އޮތުމުން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ގިރާވަރު ފަޅުން ހިއްކަން ނިންމާފައިވާ 160 ހެކްޓަރުގެ ބިމުގެ ތެރެއިން 50 ހެކްޓަރުގެ ބިން މިހާރު ހިއްކާފައިވާ ކަމަށެވެ. ނަމަވެސް، އެ މަޝްރޫއު ހުއްޓިފައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި، ގިރާވަރު ފަޅު ހިއްކަނީ ދައުލަތުން ކްރޮސް ސަބްސިޑީގެ އުސޫލުން ވަކި ވަރަކަށް ފައިސާ ދީފައި އަދި ބާކީބައި ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ދޭ ގޮތަށް ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.
ގިރާވަރު ފަޅު ހިއްކަނީ ދައުލަތުން 197 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) ހަރަދު ކޮށްގެންނެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ މީހުންނަށް ގޯތި ދޭން ހިއްކަން ފެށި ގިރާވަރު ފަޅަށް 50 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމާ، މިދިޔަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަން އިއުލާން ކުރައްވައިފައެވެ.
ގިރާވަރުފަޅުގެ މަޝްރޫއު ހުއްޓިފައި ވަނީ ބިލަކަށް ފައިސާ ނުދައްކާ އޮތުމުން: ޑރ. އަބްދުﷲ މުއްތަލިބް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ