ހުޅުމީދޫގައި ކުރީގެ ފުލުހަކަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ ހުޅުމީދޫގައި ކުރީގެ ފުލުހަކަށް ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ

އައްޑޫސިޓީ ހުޅުމީދޫގައި ކުރީގެ ފުލުހަކަށް ގްރޫޕަކުން ހަމަލާދިން މައްސަލައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދިޔަ ނަމަވެސް މިހާތަނަށް އެއްވެސް މީހަކު މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
މާރާމާރީގައި ހަމަލާތައް އަމާޒުވި މީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެމީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާ ލިބުނު މީހާ ފުލުހުންގެ ވަޒީފާއިން ވަކިވި ދުވަހެއް އެ އިދާރާއިން ހާމައެއް ނުކުރެ އެވެ.
ހަ މީހުންގެ ގްރޫޕަކުން އެ މީހާއަށް ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑީއޯއިން ފެންނަ ގޮތުގައި އަނިޔާ ލިބުނު މީހާއަށް ހަމަލާދިނީ ސައިކަލުގައި އައި ގްރޫޕަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ