ސައުދީ އަރަބިޔާ އިން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ޔަހްޔާ ހަސަން އަލްގަތާނީ، އޭނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސައުދީ ސަފީރު ރައީސަށް ފަތްކޮޅު އެރުއްވީ މިއަދު ހެދުނު އެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ރަސްމިއްޔާތުގައި ރައީސް އޮފީހާއި ފޮރިން މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީގެ އިސްވެރިން ބައިވެރިވި އެވެ. މި ރަސްމިއްޔާތަށް ފަހު ރައީސް އާއި ސަފީރު ވަނީ ބައްދަލުކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށާއި ސައުދީން މެދުކެނޑުމެއްނެތި ރާއްޖެއަށް ވެދެމުންދާ އެހީތެރިކަމަށް ރައީސް ޝުކުރު ދެންނެވި ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފައިވެ އެވެ.
އެ ގޮތުން ތަރައްގީގެ މަޝްރޫއުތަކާއި މައްކާ ރޫޓް އިނީޝިއޭޓިވްގައި ރާއްޖެ ހިމަނައި ރާއްޖޭގެ ހައްޖުވެރިންނަށް ސައުދީ ސަރުކާރުން ހަމަޖައްސައިދޭ އެހީތެރިކަމާއި ލުއިތަކަށް ރައީސް ޝުކުރު ދެންނެވި އެވެ. އެމަނިކުފާނު ވެސް މި އަހަރު ހައްޖަށް ވަޑައިގެންނެވި އެވެ.
މީގެ އިތުރުން ރައީސް ވަނީ ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖެއިން ސައުދީއަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މިއަދުގެ ބައްދަލުވުމުގައި ސަފީރު ދެއްކެވި ވާހަކައިގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށާއި ސަރުކާރުންނާއި ރައީސް މުއިއްޒު ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު ދެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސައުދީ އަކީ ރާއްޖޭގެ ތަރައްގީގެ އެންމެ ބޮޑު އެއް ބައިވެރިޔާ އެވެ. އެގޮތުން މި މަހު ހުޅުވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް މަޝްރޫއަށް އެ ގައުމުން ދިން އެހީތެރިކަން ފާހަގަކުރެ ވެ އެވެ.
ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި ސައުދީން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ