އެމްއެމްއެމްއޭ އިން ބޭންކުތަކަށް ދޭ ޑޮލަރު 10 ޕަސެންޓް އިތުރުކޮށްފި
ރާއްޖެއަށް މުދާ އިމްޕޯޓުކުރަން ބޭނުންވާ ޓީޓީތަކާއި އެލްސީ ޕޭމަންޓުތައް ހިމެނޭ ގޮތަށް ވިޔަފާރި ބޭނުންތަކަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ އެމެރިކާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރުކުރަން މިއަދު ނިންމައިފި އެވެ.އެމްއެމްއޭ އިން މިއަދު ބުނީ، މި ހަފުތާއިން ފެށިގެން އެ ބަދަލު ގެނެސްފައިވާ ކަމަށެވެ.އޭގެ ނަތީޖާއަކީ އެމްއެމްއޭ އިން ބުނިގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ އަދަދު 40 ޕަސެންޓަށް އިތުރުވުމެވެ.މިދިޔަ ޖޫން މަހުން ފެށިގެން ކޮންމެ ހަފުތާއަކު ބޭންކުތަކުން އެމްއެމްއޭ އަށް ވިއްކަންޖެހޭ ބޭރު ފައިސާ ވެސް 60 ޕަސެންޓުން 90 ޕަސެންޓަށް މަތިކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.އެކަމަކު، އެމްއެމްއޭ އިން ބުނީ ބޭންކުތަކުން އިތުރަށް މާރުކުރާ 30 ޕަސެންޓު އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފުތާއަކު އަންނަނީ ވިއްކަމުން ކަމަށެވެ.އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފޮރިން އެކްސްޖޭންޗް ގާނޫނަށް ގެނައި ބަދަލާ އެކު ކުދިއަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް ވިއްކާ ޑޮލަރު އިންސައްތަ މިހާރު އުޅޭނީ 30 އިންސައްތައިގައެވެ. ނަމަވެސް، މަރުކަޒީ ބޭންކުގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 އިންސައްތައަށް ބޮޑުކުރުން ކަމަށް އެ ބޭންކުން ބުނެއެވެ.ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކުރުމާއެކީ، 40 ޕަސެންޓާ ހަމައަށް ޑޮލަރު ސަޕޯޓު ދެވޭނެ މަގުފަހިކޮށް، އެމްއެމްއޭއިން ބުނީ މަރުކަޒީ ބޭންކުގެ އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކުތައް މެދުވެރިކޮށް ދޭ އަދަދު 50 ޕަސެންޓަށް ބޮޑުކުރުން ކަމަށެވެ.ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް އުފުލި، މިކަން ހައްލުކުރަން އެމްއެމްއޭއިން މަސައްކަތް ފެށި ނަމަވެސް އަދިވެސް ކަޅު ބާޒާރުގައި ޑޮލަރެއް ގަންނަން ލިބެން ހުރީ 20.20ރ. އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ