އެސްްޑީއެފްސީ ގަންނަނީ ގާނޫނުގެ އިޖުރާއަތުގެ ތެރެއިން: ބީއެމްއެލް
އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު ކަމަށް ބީއެމްއެލް އިން ބުނެފި އެވެ.ބީއެމްއެލް އިން އެހެން ބުނީ، އެ ކުންފުނިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައްް ދަނީ ގާނޫނާ ހިލާފަށް ކަމަށް އެމްއެމްއޭން ކަނޑައެޅި ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ރިޕޯޓްކުރުމުން އެ ކަން ދޮގުކޮށް ނެރުނު ބަޔާނެއްގަ އެވެ."ބޭންކް އޮފް މޯލްޑިވްސް އިން އެސްޑީއެފްސީ ގަތުމުގެ މުޢާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިންގ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު،" ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެ އެވެ.ރައީސް އޮފީހުން އާދީއްތަ ދުވަހު ބުނެފައި ވަނީ އެސްޑީއެފްސީ ބީއެމްއެލްއަށް ވިއްކާލަން ނިންމީ ބޭންކުން ހުށަހެޅި ޕްރޮޕޯސަލަކާ ގުޅިގެން، ފިނޭންސުން ތައްޔާރުކުރި ކަރުދާހަކަށް، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.ނަމަވެސް ބޭންކިން ގާނޫނު އޮންނަ ގޮތުން ބޭންކުގެ މިލްކުވެރިކަން ބަދަލުވާ ނަމަ ނޫނީ އެއް ބޭންކު އަނެއް ބޭންކާ އެއްވާނަމަ އެ ފަދަ އެއްވެސް މުއާމަލާތެއް ހިންގުމުގެ ކުރިން އެމްއެމްއޭގެ ހުއްދަ ހޯދަން ޖެހެ އެވެ. މާނައަކީ ޕްރޮޕޯސަލެއް ވެސް ހުށަހެޅޭނީ އެމްއެމްއޭގެ ހުއްދަ ނަގައިގެންނެވެ. އެކަމަކު ބީއެމްއެލްއިން މި މުއާމަލާތް ހިންގީ، އެއްވެސް ހުއްދައެއް ނުނަގައި ކަން ވަނީ އެނގިފަ އެވެ.މި މައްސަލައިގައި މައުލޫމާތު އެނގޭ މީހަކު ބުނީ އެމްއެމްއޭއިން ވަނީ އިޖުރާއަތުތައް ރަނގަޅަށް ހިންގުމަށް ފަހު، އަލުން މި މުއާމަލާތް ހިންގަން އިރުޝާދު ދީފަ އެވެ.މިކަމާ ގުޅިގެން އެމްއެމްއޭ އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ބީއެމްއެލްއިން އެސްޑީއެފްސީ ގަތީ އެކަމުގައި އަމަލުކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހުތޯ ބަލާފައިވާ ކަމަށާއި އެ އޮތޯރިޓީން ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގީ ގާނޫނާ ހިލާފަށް ކަމަށް ކަނޑަ ނާޅާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ