މިއަހަރު 21 ކުއްޖަކު ގުރުއާން ހިތުދަސްކޮށްފި

މިއަހަރުގެ މިހާތަނަށް 21 ކުއްޖަކު ގުރުއާން ހިތުދަސްކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތު ދަސްކޮށް ނިންމައި އިމްތިހާން ހަދާފައިވާ ކަމަށާއި އަދި 7 ކުއްޖެއްގެ އިމްތިހާނު މިހާރު ކުރިއަށްދާއިރު އެއް ކުއްޖަކު އިމްތިހާނަށް ތައްޔާރުވެފައިވާ ކަމަށެވެ.
އަންނަ ރޯދަ މަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ ކަމަށާއި މިއީ މިދިޔަ އަހަރާ ބަލާފައި އިތުރު އަދަދެއް ކަމަށާއި އަދި 27 ވިލޭރޭ 42 ހާފިޒަކު ރައީސުލްޖުމުހޫރިއްޔާގެ މެޑަލް ހާޞިލްކުރާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގައި ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން މިދިޔަ ޖޫން މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ވެސް ބޮޑުކޮށްފައިވާ ކަމަށެވެ.
މި ދައުރުގައި 500 ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ އަމާޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ