ސެކްސް ޓްރެފިކިން ރިންގެއް ހިންގި އެމެރިކާގެ ޖެފްރީ އެޕްސްޓީންއާއެކު ގާތް ގުޅުމެއް ބޭއްވި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސް މުހައްމަދު މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ވަހީދު އިސްތިއުފާ ދެއްވިއިރު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައިގެން ރާއްޖެއާ ގުޅޭ އެތައް ކަމެއް އެޕްސްޓީންއާ ހިއްސާކޮށް، އޭނާގެ ލަފާ ހޯއްދަވާފައިވާކަން ވަނީ ފަޅާއަރައިފަ އެވެ. އަދި އެޕްސްޓީންގެ އަތުން ބައެއް ކަންކަމަށް ފަންޑު ހޯދުމަށް ވެސް ވަހީދު މަސައްކަތް ކުރެއްވި އެވެ.
ވަހީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެޕްސްޓީންއާއެކު ބޭއްވުނު ގުޅުމަށް ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް އެއްވެސް ކުށެއްގައި ބައިވެރިވެވަޑައިގެންފައިނުވާނެ ކަމަށެވެ.
ތަފުސީލު އަންނަނީ ---
މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި މުއިއްޒުގެ ހާއްސަ މުޝީރުގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ