އުރީދޫ މޯލްޑިވްސްގެ އާ ސީއީއޯ/އެމްޑީގެ މަގާމަށް ޝާޑީ ގަވަސްމީ އައްޔަންކޮށްފި އެވެ.
އޭނަ އަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވު ރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ހުރި ބޭފުޅެކެވެ. ގަވަސްވީ އުރީދޫ ގްރޫޕުގައި މަސައްކަތްކުރައްވަން ފެއްޓެވީ 2015 ގަ އެވެ.
އެގޮތުން އެ ކުންފުނީގެ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި، ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ މަގާމުތައް ފުރުއްވާފައިވެ އެވެ.
ގަވަސްމީ އަކީ ފްރާންސްގެ އީޑީއެޗްއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރެއްވުމުގެ އިތުރުން އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވާސިޓީން މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
އުރީދޫ މޯލްޑިވްސްގެ އެންމެ އިސް މަގާމަށް އާ ބޭފުޅަކު އައްޔަންކޮށް ނެރުނު ބަޔާނުގައި އެ ކުންފުނީގައި އެންމެ ފަހުން އެމްޑީ/ސީއީއޯ ހާލިދު އަލް ހަމާދީ އަށް ޝުކުުރު އަދާކޮށްފައިވެ އެވެ. އުރީދޫން ބުނީ އޭނަގެ ލީޑާޝިޕްގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދޭ ކަސްޓަމާ ކެއާ އެސިސްޓަންޓް "އެވީ" ފަދަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ތައާރަފުކޮށް، މާސްޓާ ކާޑް، ޓިކްޓޮކް، ވަޓްސްއަޕް ބިޒްނަސް އަދި ވައިބާ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާ އެކު އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެވުނު ކަމަށެވެ.
އަދި މުޅި ރާއްޖެއަށް 100 ޕަސެންޓް 4ޖީ+ ކަވަރޭޖް ފޯރުކޮށް ދިނުމާއި، އާބާދީގެ 80 ޕަސެންޓަށް 5ޖީގެ ހިދުމަތް ފުޅާކުރުމާއި، "ޕީސް" ސަބްމެރިން ކޭބަލް ގާއިމުކުރުމުގެ އިތުރުން، ޓިއާ-3 ފެންވަރުގެ އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގާއިމު ކުރުމާއި، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު ހާއްސަ ކޭބަލަކާ ގުޅުވާލުން ފަދަ އެކި މަސައްކަތްތައް ހަމާދީގެ ލީޑާޝިޕްގެ ދަށުން ކުރިއަށް ގެންދެވުނު މަސައްކަތްތައްކަން އުރީދޫ މޯލްޑިވްސް އިން ފާހަގަކުރި އެވެ.
އެ ކުންފުނިން ބުނީ އާ އެމްޑީ/ސީއީއޯ ގަވަސްމީގެ ލީޑާޝިޕްގެ ދަށުން މިހާރަށް ވުރެ ފުރިހަމައަށް ހިދުމަތްތައް ދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
އުރީދޫ މޯލްޑިވްސް އަށް އާ ސީއީއޯއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ