ރައީސް ޑރ.މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން ޖެހޭ: ސައީދު
ރައީސް ޑރ. މުހައްމަދު މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން ޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.ހޯރަފުށީގައި ކުރިއަށްގެންދިޔަ ކައުންސިލު އިންތިހާބުގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސައީދު ރޭ ވިދާޅުވީ ރައީސް ޑރ.މުއިއްޒާއެކު ސަރުކާރު ހިންގަން އޮތް ޓީމަކީ ރާއްޖެ މިހާތަނަށް ދުއް ތަރައްގީ ގެނެސްދިން ޓީމު ކަމަށެވެ. ސައީދު ވަނީ އެމްޑީޕީގެ ވެރިކަމުގައި ވެފައި ހުރި ވައުދުތައް ފާހަގަކުރައްވައި އެ ޕާޓީގެ ވެރިކަން ނިމުނުއިރު އެ ވައުދުތައް ފުއްދިފައި ނެތްކަން ފާހަގަކުރައްވަމުން، ރައީސް ޑރ.މުއިއްޒުގެ ޒައާމަތުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ބަރާބަރަށް ފުއްދަވަމުންދާކަން ފާހަގަކުރައްވާފަ އެވެ."މިފަހަރު ވާނެ ކުޅި ދައްކާލަން އެމްޑީޕީއަށް. ދެވަނަ ދައުރެއް ފުރަތަމަ ފަހަރަށް އިރާދަކުރެވިއްޔާ މި ރާއްޖޭގައި ކާމިޔާބުކުރާނީ ޕީއެންސީން،" ސައީދު ވިދާޅުވި އެވެ.ސައީދު އިތުރަށް ވިދާޅުވީ ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ކުދި ގައުމުތައް ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުން އެ ގައުމުތައް ތަރައްގީވީ އުމްރާނީ ތަރައްގީއާއި މީހުން ބިނާކުރުމުގެ ތަރައްގީ އެކުއެކީގައި ގެންދެވޭނެ ގޮތަކަށް ހަމަޖެހުން އެ ގައުމުތަކުގައި ގާއިމުކުރެވިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ