ހައިވޭ ލައިޓު ކައިރިން އުޅަނދެއް ފުރޮޅާލައި 2 މީހަކަށް އަނިޔާވެއްޖެ

ސިނަމާލެ ބްރިޖު ހައިވޭ ލައިޓު ކައިރިން ވެހިކަލެއް މިއަދު ފުރޮޅާލައިފި އެވެ.
ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯ އިން ފެންނަނީ ހުޅުމާލޭކޮޅުން ދަތުރުކުރި އެމްއޭސީއެލްގެ ވެހިކަލެއް ފުރޮޅާލާފައި އޮއްވަ އެވެ.
ތަފްސީލް - ފުލުހުން ބުނީ، ހުޅުމާލޭން އެއާޕޯޓަށް ދަތުރުކުރި ވެހިކަލެއް މަގުގެ އެއްފަރާތުގައި ހުންނަ ފެންސްގައި ޖެހި އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި އެކްސިޑެންޓްގައި އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް  އަދި ސާފެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ