ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޑިސެމްބަރު 31) - މެޑިކަލް ޗެކަޕެއް ހެދިއިރު ހިތުގެ މައްސަލައެއް ފާހަގަވެ، ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ބްރެޒިލްގެ ފުލްބެކް، ރޮބާޓޯ ކާލޯސް، އިމަޖެންސީކޮށް ހިތުގެ އޮޕަރޭޝަނެއް ކޮށްފި އެވެ.
އުމުރުން 52 އަހަރުގެ ކާލޯސް، އުފަން ގައުމު ބްރެޒިލްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ފައިގައި ލޭކޮޅެއް ގަނޑުވެގެން ތަދުވާތީވެ، ހޮސްޕިޓަލަށް ގޮސް ޓެސްޓްތަކެއް ހެދި އެވެ. އަދި، ޓެސްޓްތައް ހެދިއިރު، ހިތުގެ މައްސަލަައެއް ފާހަގަވުމާ އެކު، ޑޮކްޓަރުން ވަގުތުން ނިންމީ ފަރުވާ އަވަސްކުރަން އޮޕަރޭޝަނެއް ކުރުމަށެވެ.
އެ ގޮތުން، ގަޑިއިރެއްހާއިރަށް ދިގުދެމިގެންދާނެ ކަމަށް ބެެލެވުނު އެެ އޮޕަރޭޝަނެއް ނިމުނީ ތިން ގަޑިއިރުންނެވެ. އެއީ، ހީކުރި ވަރަަށް ވުރެން ކާލޯސްގެ ހިތުގެ ހާލަތު އޮތް ގޮތުންނެވެ. އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމާލައި، ކާލޯސް ވަނީ ހޮސްޕިޓަލްގައި ދެ ދުވަހުގެ އޮބްޒަވޭޝަނަކަށް އެޑްމިޓްކޮށްފަ އެވެ.
ބްރެޒިލް ގައުމީ ޓީމަށް 125 މެޗު ކުޅެދީފައިވާ ކާލޯސްގެ ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔަކީ، 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމާއި ރެއާލްގައި ހޭދަކުރި 11 ސީޒަނެވެ. ކެރިއަރުގެ ފަހުކޮޅުގައި ކާލޯސް ވަނީ އިންޑިއަން ސުޕަ ލީގުގައި ދިއްލީ ޑައިނަމޯސްގެ ޕްލޭޔާ ކޯޗުގެ ޒިންމާ ނަގައިފަ އެވެ.
ކުޅުމުގެ ކެރިއަރު ނިންމާލުމަށް ފަހު ކާލޯސް އަންނަނީ ރެއާލް މެޑްރިޑްގެ އެބްސަޑަރެއްގެ ގޮތުގައި، މަސައްކަތް ކުރަމުންނެވެ.
ހިތުގެ މައްސަލައެއް ފާހަގަވުމުން ކާލޯސް އިމަޖެންސީކޮށް އޮޕަރޭޝަނެއްކޮށްފި ހިތުގެ މައްސަލައެއް ފާހަގަވުމުން ކާލޯސް އިމަޖެންސީކޮށް އޮޕަރޭޝަނެއްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ