ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިންނެއް ނޫނެވެ. މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.
މި މައްސަލައިގެ ވަށައިގެންވާކަންކަން ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ބަލަމުންނެވެ.
އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ބުނެއެވެ.
ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރާނެވާހަކަ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ފުލުސް މީހާއަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާގެ މޫނުމަތިން ލޭ ފައިބާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އަދި އެ އެޕާޓްމަންޓު ކައިރިއަށް ގިނަ ބަޔަކު ވެސް އެއްވެފައިވެއެވެ.
ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ