އާނަންދު ޑައިރެކްޓްކުރި ފިލްމެއްގެ ކޮޕީރައިޓް މައްސަލައިގައި ކޯޓަށް
ބޮލީވުޑްގެ މަގުބޫލު ފިލްމު ޑައިރެކްޓަރު އާނަންދު އެލް ރާއީއަށް ދެކޮޅަށް ބޮމްބޭ ހައި ކޯޓުގައި މައްސަލައެއް ކުރިއަށްދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. އިރޯސް އިންޓަނޭޝަނަލްއިން ބޮމްބޭ ހައިކޯޓަށް ހުށަހަޅާފައިވަނީ ޑައިރެކްޓަރު އާނަންދު އެލް ރާއީގެ އަތުން 84 ކްރޯޑު ރުޕީސް (9.3 މިލިއަން ޑޮލަރު)ގެ ބަދަލެއް ހޯދުމުގެ މައްސަލައެވެ. އިރޯސް ކުންފުނިން އާނަންދާ ދެކޮޅަށް ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސިނަމާތަކަށް ގެނައި އާނަންދުގެ ފިލްމު "ތެރޭ އިޝްގް މޭ" އުފައްދާފައިވަނީ އިރޯސް އިންޓަނޭޝަނަލްއަށް އާނަންދު 2013 ވަނަ އަހަރު ޑައިރެކްޓްކޮށްދިން ފިލްމު "ރާންޖަނާ"ގެ ސްޕިރިޗުއަލް ސީކުއަލްއެއްގެ ގޮތުގައި ކަމަށެވެ. ފިލްމު "ތެރެ އިޝްގް މޭ" ޕްރޮމޯޓު ކުރުމަށް "ރާންޖަނާ"ގެ ނަން ވެސް ބޭނުންކޮށްފައިވާ ކަމަށާއި އެއީ އެރޯސް އިންޓަނޭޝަނަލްގެ ޓްރެޑްމާކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އާނަންދު ޑައިރެކްޓްކޮށްފައިވާ ދެ ފިލްމު "ރާންޖަނާ" އަދި "ތެރޭ އިޝްގް މޭ"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ ބޮމްބޭ ޓައިމްސްގައި ބުނެފައިވާ ގޮތުން އެރޯސް އިންޓަނޭޝަނަލްއިން އާނަންދާއި ޑައިރެކްޓަރުގެ ފިލްމު ކުންފުނި ކަލަ ޔެލޯއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ފިލްމު "ތެރެ އިޝްގް މޭ" ގެނެސްދިން ޓީ-ސީރިސްއާއި އެ ފިލްމުގެ ވާހަކަ ލިޔުނު ހިމާންޝޫ ޝަރުމާގެ އިތުރުން ފިލްމު ސްޓްރީމްކުރަން ހަމަޖެހިފައިވާ ނެޓްފްލިކްސްއާ ދެކޮޅަށް ވެސް ވަނީ މައްސަލަ ހުށަހަޅާފައެވެ. ފިލްމު "ތެރެ އިޝްގް މޭ"ގެ ފުރަތަމަ އެނައުންސްމަންޓް ވީޑިއޯގައި ވެސް "ރާންޖަނާ"ގެ މިއުޒިކް ވެސް ބޭނުންކޮށްފައިވާއިރު، އެ މިއުޒިކަކީ އެރޯސް އިންޓަނޭޝަނަލްގެ އެއްޗަކަށް ނުވިޔަސް އެކަން ވެސް ކުރީ ހުއްދަ ނުހޯދައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ހަމައެއާއެކު "ރާންޖަނާ"ގައި އެކްޓަރު ދަނުޝް ކުޅުނު ކެރެކްޓަ "ކުންދަން"ގެ ކެރެކްޓާއާ ދާދި އެއްކަހަލަ ގޮތަކަށް "ތެރެ އިޝްގް މޭ"ގައި އެކްޓަރު ކުޅުނު ކެރެކްޓަ ގެނެސްދޭން މަސައްކަތްކޮށްފައިވާ ކަމަށް ކޯޓަށް ހުށަހެޅީ މައްސަލައިގައި ވަނީ ބަޔާންކޮށްފައެވެ. މިހާތަނަށް އާނަންދުގެ ޓީމުން މިކަމަށް ރައްދު ދީފައި ނުވާއިރު ފާހަގަކޮށްލެވޭ ކަމަކީ އާނަންދު ގެނެސްދިން ފިލްމު "ތެރެ އިޝްގް މޭ" އަކީ ބޮކްސް އޮފީހުގައި ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެއް ކަމެވެ. ޖުމުލަ 85 ކްރޯޑު ރުޕީސް (9.4 މިލިއަން ޑޯލަރު)ގެ ބަޖެޓަކުން އުފެއްދި އެ ފިލްމަށް ބޮކްސް އޮފީހުގައި 161 ކްރޯޑު ރުޕީސް (17.7 މިލިއަން ޑޮލަރު)ގެ އާމްދަނީއެއް ލިބުނެވެ. ފިލްމު "ތެރެ އިޝްގް މޭ"ގެ މައިގަނޑު ތަރިންނަކީ ދަނުޝް އަދި ބޮލީވުޑް ބަތަލާ ކްރިތީ ސެނޮންއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ