ތާޖު ރިސޯޓް ކައިރިން ބޯޓެއް ބަންޑުންޖަހާލައިގެން 2 މީހުން ހޯދަނީ

މުދާ އުފުލާ ބޯޓެއް ކ. ތާޖު އެގްޒޯޓިކާ ރިސޯޓް ކައިިރިއަށް މިއަދު ބަންޑުންޖަހާލުމާ ގުޅިގެން އޭގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހުން ގެއްލިގެން ހޯދަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ 'ބަލްމާ-6' ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ތާޖު އެގްޒޯޓިކާ ރިސޯޓް ކައިިރިއަށް ބަންޑުންޖަހާލައިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އާއި ކޯސްޓްގާޑް ޑައިވަރުންގެ ޓީމެއް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ތަފްސީލް - އެމްއެންޑީއެފުން ބުނީ:
އެ އުޅަނދުން 4 މީހުން ދަތުރުކުރި 
އޭގެ ތެރެއިން ދެ މީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގާފައިވޭ
އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އެބަދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ