ސްރީ ލަންކާއިން ތެޔޮ ހޯދުމަށް ރަޝިއާއާ އެކު މަޝްވަރާ ކުރަން ފަށައިފި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެޔޮ ސަޕްލައި ކުރުމުގެ މަގުތަކަށް ބުރޫއަރައި ތެލުގެ އަގު އުފުލެމުންދާތީ، ޕެޓްރޯލާއި ޑީސަލް އިމްޕޯޓް ކުރުމަށް ލަންކާގެ ދައުލަތުގެ ތެޔޮ ކުންފުނި، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަނުން ރަޝިއާގެ ތެޔޮ ކުންފުނިތަކާ އެކު މަޝްވަރާ ކުރަމުން އެބަދެ އެވެ.
އެ ކޯޕަރޭޝަނުގެ މެނޭޖިން ޑައިރެކްޓަރު މަޔޫރާ ނެތިކުމާރަގޭ ވިދާޅުވި ގޮތުގައި، މި މުއާމަލާތްތަކަކީ މުޅިން ވެސް ވިޔަފާރީގެ އުސޫލުން ކުރިއަށްދާ ކަންކަމެވެ. އަދި ރަޝިއާ ސަރުކާރުން މި އުފެއްދުންތައް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ތެލަށް ނުހަނު ބޮޑަށް ބަރޯސާވެފައިވާ ލަންކާއަށް، ހޮރްމޫޒް ކަނޑުއޮޅީގައި ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން ގަލްފު ސަރަހައްދުން ލިބޭ ތެލުގެ މިންވަރު ވަނީ ދަށްވެފަ އެވެ.
ލަންކާއިން މި ހަފްތާގައި ވަނީ އިންޑިއާއިން 38،000 ޓަނުގެ ތެޔޮ ހޯދާފަ އެވެ. އަދި އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، މިހާރު ހުރި ޖެޓް ފިއުލްގެ ރިޒާވުން ކުރިއަށް އޮތް 59 ދުވަހަށް ފުދޭނެ އެވެ.
ހަނގުރާމައިގެ ސަބަބުން ހަކަތައިގެ ސަޕްލައިއަށް ކުރާ އަސަރުތައް ކުޑަކުރުމަށްޓަކައި، ލަންކާ ސަރުކާރުން ވަނީ ތެލުގެ އަގު ބޮޑުކޮށް، ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް ވެސް އަޅަން ފަށާފަ އެވެ.
ލަންކާއިން ތެޔޮ ހޯދަން ރަޝިއާއާ މަޝްވަރާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ