އެމެރިކާގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު މަޑުމަޑުން ދަށަށް ދާން ފަށާފައިވާކަމާއި، މީގެ ތެރޭގައި އެންމެ ގިނައީ ޒުވާނުންކަމަށް ކެލިފޯނިއާ ސަން ޑިއޭގޯ ޔުނިވަރސިޓީއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
މި ދިރާސާގެ ނަތީޖާތައް ޖާމާ ނެޓްވޯރކް އޯޕަން ޖާނަލްގައި ޝާއިއުކުރެވިފައިވާއިރު، މި ދިރާސާގައި ޓޮބެކޯ ޔޫޒް ސަޕްލިމަންޓް ޓު ދަ ޔޫ.އެސް. ސެންސަސް ބިއުރޯގެ ކަރަންޓް ޕޮޕިއުލޭޝަން ސަރވޭއިން ނަގާފައިވާ ތަފާސްހިސާބުތައް ބޭނުންކޮށްފައިވެއެވެ.
2024 ވަނަ އަހަރު 1.77 މިލިޔަން މީހުންގެ ފަރާތުން އެއްކުރެވުނު މައުލޫމާތުތަކުން ދައްކާގޮތުގައި، އެންމެ ބޮޑެތި ކުރިއެރުންތައް ފެނިފައިވަނީ ދުންފަތުގެ އިސްތިއުމާލުކުރުން އެންމެ މަތީގައި ހުރި ސްޓޭޓްތަކުގައެވެ.
ދިރާސާގެ މުހިންމު ހޯދުންތަކުގެ ތެރޭގައި ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި ހުރި ތަފާތުތައް ފާހަގަކުރެވެއެވެ. އެދިރާސާގައި ބުނާގޮތުން ޒުވާނުން ދުންފަތް ދޫކޮށްލާފައިވަނީ 50 އަހަރުން މަތީގެ މީހުންނަށްވުރެ މާ ހަލުވި މިނެއްގައެވެ.
ދިރާސާގެ ފުރަތަމަ ލިޔުންތެރިޔާ، ޑރ. މެތިއު ސްޓޯން، ވިދާޅުވީ "ޒުވާނުންގެ މެދުގައި ދުންފަތުގެ އިސްތިއުމާލުކުރުން އަވަސް މިނެއްގައި ދަށަށް ދިއުމަކީ މިޖީލުގެ ދުވަސްވަރުގައި ދުންފަތުގެ ބަލިމަޑުކަން ނިމުމަކަށް އަންނާނެކަމުގެ ސާފު ހެއްކެއް ކަމަށެވެ. އަދި 2035 ވަނަ އަހަރާ ހަމައަށް ޤައުމީ ދުންފަތުގެ ބޭނުންކުރުން 5% އަށްވުރެ ދަށްވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
"އެހެންނަމަވެސް، 50 އަހަރުން މަތީގެ މީހުންގެ މެދުގައި ދުންފަތަށް ނޫނޭކޭ ބުނާމީހުންގެ އަދަދު އިތުރުވަމުންދާ ނިސްބަތް މާބޮޑަށް ދަށްވުމުގެ ސަބަބުން، ފުއްޕާމޭގެ ކެންސަރާއި، ހިތުގެ ބަލިތަކާއި ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމަނަރީ ޑިޒީޒްގެ މަތީ ރޭޓްތައް ދަށަށް ދާން ދިގު މުއްދަތެއް ނަގާނެކަމަށް ޑރ. ސްޓޯން ވިދާޅުވިއެވެ.
1955ގައި އެމެރިކާގެ 56.9% މީހުން ދުންފަތުގެ އިސްތިޢުމާލު ކުރާއިރު، 2000 ވަނަ އަހަރާ ހަމައަށް އައިއިރު މި އަދަދު ދެބައިކުޅައެއްބަޔަށްވުރެ މަދުވެފައިވެއެވެ. މިހާރުގެ ޙާލަތު ދެމިއޮތްނަމަ، 2035 ވަނަ އަހަރާ ހަމައަށް ދުންފަތުގެ ބޭނުންކުރުން 5% އަށްވުރެ ދަށަށް ދާނެކަމަށް ލަފާކުރެވެއެވެ.
އަދި ދިރާސާގެ އެހެން ލިޔުންތެރިއެއްކަމަށްވާ ޑރ. ޖޮން ޕީ. ޕިއަރސް ފާހަގަކުރެއްވި ގޮތުގައި ދުންފަތުގެ ބޭނުންކުރުން ދަށަށްދިއުމާއެކު އެހެން ގޮންޖެހުންތައް އުފެދިފައިވެއެވެ. "ފަހަކަށްއައިސް ޓޮބެކޯ އިންޑަސްޓްރީއިން ޒުވާން ޖީލުތައް އިލެކްޓްރޯނިކް ސިގިރެޓް ބޭނުންކުރުމަށާއި ނިކޮޓިން ބޭނުންކުރުމަށް ދެވިހިފާފައިވާ މިންވަރު މިދިރާސާގެ ހޯދުންތަކުން ދައްކައެވެ.
ދުންފަތުގެ ބޭނުންކުރުން މަދުކުރުމަށް ޢާންމު ޞިއްޙަތާގުޅޭ މަސައްކަތްތަކުން ބޮޑު ކުރިއެރުމެއް ލިބިފައިވީ ނަމަވެސް މި މަސައްކަތް އަދިވެސް ނިމުމަކަށް އައިސްފައެއް ނުވެއެވެ. އުމުރުން ދުވަސްވީ މީހުންގެ މެދުގައި ދަށްވާ މިންވަރު ލަސްވުމާއި، ޒުވާނުންގެ މެދުގައި އިލެކްޓްރޯނިކް ސިގިރެޓް ބޭނުންކުރުން އިތުރުވުމާ ގުޅިގެން، އައު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނެއެވެ.
އެމެރިކާގެ ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރަށް ދަނީ އެމެރިކާގެ ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރަށް ދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ