ބާލިން (މެއި 18) - ބަޔާ ލެވަކޫސަން އަށް ކުޅޭ ނެދަލެންޑްސްގެ ފުލްބެކް، ޖެރެމީ ފްރިމްޕޮންގެ ޑީލް ނިންމައި، ލިވަޕޫލުން ލެވަކޫސަންގެ ފްލޯރިއަން ވާޓްޒްގެ ސޮއި ހޯދުމުގެ އުންމީދުގައި މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މެންޗެސްޓާ ސިޓީގެ ޔޫތު ޓީމަށް ކުޅެ، ސެލްޓިކުގައި ސީނިއާ ކެރިއަރު ފެށި، ފްރިމްޕޮން، ލެވަކޫސަނަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. ފްރިމްޕޮން ގަންނަން ލިވަޕޫލުން 40 މިލިއަން ޑޮލަރު ހަރަދުކުރަން ވަނީ ނިންމައިފަ އެވެ. އެ ޓްރާންސްފާ ފީ ހަތަރު ބަޔަށް ބަހާލައިގެން ދެއްކޭނެ ފަދަ އުސޫލެއް ފްރިމްޕޮންގެ ކޮންޓްރެކްޓްގައި އެބައޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ނެތްތަަނަށް ލިވަޕޫލުން ގެންނަ ފްރިމްޕޮން އަށް ދެނީ، 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ފަސް އަހަރުގެ ކޮންޓްރެކްޓެއް ކަމަށް ވެސް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
ލިވަޕޫލުން ވަނީ އެ ޓީމަށް ކުޅޭ ޒުވާން ކަނާތު ބެކް، ކޮނާ ބްރެޑްލީގެ ކޮންޓްރެކްޓް ދިގު މުއްދަތަކަށް އާ ކޮށްފަ އެވެ. ފްރިމްޕޮން އާއި ބްރެޑްލީ އަކީ އަންނަ ސީޒަނުގައި ލިވަޕޫލްގެ ކަނާތު ފަޅީގެ ޑިފެންޑަރުންގެ ގޮތުގައި ބޭނުންކުރާނެ ކުޅުންތެރިންނެވެ.
ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުުނާގޮތުން، ލެވަކޫސަންގެ ވާޓްޒް، 22، ގެ އޭޖެންޓް އާއި އާއިލާ މެމްބަރުން ދާދި ފަހުން އިނގިރޭސިވިލާތަށް ކުރި ދަތުރުގައި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލާ ވަނީ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ލިވަޕޫލުން ވަނީ ވާޓްޒް ބޭނުންވާނަަމަ، އޭނާގެ ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ ލެވަކޫސަނަށް އެއްބަސްވެވޭ އުސޫލެއްގެ ތެރެއިން ލިވަޕޫލުން ދައްކާނެ ކަމަށް އަންގައިފަ އެވެ.
އެކަމަކު، ރިޕޯޓްތައް ބުނާގޮތުން، ވާޓްޒްގެ ވިސްނުމަކީ، މި ވަގުތު ލެވަކޫސަންގައި މަޑުކުރުން ނޫންނަމަ، ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކަށް ބަދަލުވުމެވެ.
ވާޓްޒްގެ ކޮންޓްރެކްޓް މި ވަގުތު ލެވަކޫސަނާ އެކު އޮތީ، 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުމުގެ ރިލީސް ކްލޯސް (ގަންނަން ދައްކަން ޖެހޭ ފީ) އަކީ 150 މިލިއަން ޑޮލަރެވެ.
ފްރިމްޕޮންގެ ޑީލް ނިންމައި، ލިވަޕޫލުން ވާޓްޒް އަށް ވެސް ފާރަލަނީ ފްރިމްޕޮންގެ ޑީލް ނިންމައި، ލިވަޕޫލުން ވާޓްޒް އަށް ވެސް ފާރަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ