އަތޮޅުތެރޭގެ އޭޓީއެމްތަކަށް ހަތަރުމަސް ތެރޭގައި 1.3 ބިލިއަން ޖަމާކުރި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި އަތޮޅުތެރޭގައި ގާއިމުކޮށްފައިވާ އޭޓީއެމްތަކަށް 1.3 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.ނ. އަތޮޅުގެ ރަށްތަކަށް ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މުޅި ރާއްޖެ އިން ވެސް މިހާރު ފެންނަނީ ފައިސާ ޖަމާކުރުމަށް އޭޓީއެމް ބޭނުންކުރާ އަދަދު އިތުރުވަމުން އަންނަ ތަން ކަމަށެވެ. މާލެ ފިޔަވައި އަތޮޅުތެރޭގައި ބަހައްޓާފައިވާ އޭޓީއެމްތަކުން ފައިސާ ޖަމާކުރުމަށް މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 240,000 މުއާމަލާތް ކޮށްފައިވެ އެވެ. އެ އެ މުއާމަލާތްތަކުގެ އަދަދު 1.3 ބިލިއަން ރުފިޔާއަށް އަރަ އެވެ.ނ. އަތޮޅުގައި މިއަދު ބެހެއްޓި އޭޓީއެމްތަކާ އެކު، އެ އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ވަނީ ބީއެމްއެލްގެ އޭޓީއެމް ބަހައްޓައިފަ އެވެ. އެއީ ހެނބަދު އާއި ލަންދު އާއި ކުޑަފަރި އާއި މާޅެންދު އާއި ޅޮއްސާއި މަގޫދޫ އަދި ފޮއްދު އެވެ.މީގެ ދެ މަސް ކުރިން ދ. އަތޮޅުގައި ބަހައްޓާފައިވާ އޭޓީއެމްތަކަށް މިދިޔަ އޭޕްރީލް މަހުގެ ނިޔަލަށް 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެއީ 2،000 އަށް ވުރެ ގިނަ މުއާމަލާތެވެ. އޭޓީއެމް ހިދުމަތް ލިބެން ނެތް ނަމަ އެއީ ހިދުމަތް ހޯދުމަށް ކުރަންޖެހޭ 2،000 ދަތުރު ކަން ޝަރީފު ފާހަގަކުރެއްވި އެވެ."އެ އަތޮޅުގައި ފައިސާ ނެގުމަށް ވަނީ 27,000 މުއާމަލާތް ކޮށްފައި. އެއީ 52 މިލިއަން ރުފިޔާގެ މުއާމަލާތް. މިއީ ގާތްގަނޑަކަށް ފަސް ހަފްތާތެރޭ ކޮށްފައިވާ މުއާމަލާތްތައް،" އޭނާ އިތުރަށް ވިދާޅުވިއެވެ.ޝަރީފް ވިދާޅުވީ މުޅި ރާއްޖެއިން ވެސް ފެންނަނީ ފައިސާ ޖަމާކުރުމަށް އޭޓީއެމް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ތަން ކަމަށެވެ. އެގޮތުން އެޕްރީލްގެ ނިޔަލަށް މާލޭ ފިޔަވައި އަތޮޅުތެރޭ ގާއިމުކޮށްފައިވާ އޭޓީއެމްތަކުން 240,000 މުއާމަލާތް ކޮށް، ޖުމްލަ 1.3 ބިލިއަން ރުފިޔާގެ މުއާމަލާތްކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.ބީއެމްއެލްގެ އަމާޒަކީ މި އަހަރު ނިމެންވާއިރަށް 100 އަށް ވުރެ ގިނަ ރަށުގައި އޭޓީއެމް ބެހެއްޓުމެވެ. އެއާ އެކު، މުޅި ރާއްޖޭގައި ބީއެމްއެލްގެ 250 އަށް ވުރެ ގިނަ އޭޓީއެމް ގާއިމު ކުރެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ