ރައީސް ޑރ. މުހައްްމަދު މުއިއްޒު ވައުދުފުޅާ އެއްގޮތަށް ރޯދައަށް ގޭބިސީތަކަށް ހަދިޔާކުރަން ނިންމާފައިވާ މަސް ދަޅު ކޭސް ބަހަން ފަށައިފިއެވެ.
ލޯކަލް ގަވަނެންސް މިނިސްޓްރީން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމުގެ ދަށުން، ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރަން ނިންމާފައިވާ މަސްދަޅު ކޭސްތައް ބަހަން ހދ. އަތޮޅުގައި މިއަދު ފަށާފައިވާ ކަމަށެވެ.
ޝަމީމް ވިދާޅުވި ގޮތުގައި މިހާތަނަށް އެ އަތޮޅުގެ ކުޅުދުއްފުށި ސިޓީއަށާއި، ނޮޅިވަރަންފަރަށާއި، ހަނިމާދޫއަށާއި އަދި ކުރިނބީގެ ގެތަކަށް ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަސްދަޅު ކޭސް ބަހައި ނިންމާފައެވެ.
މަސްދަޅު ކޭސް ނުލިބި ހުރި ހދ. އަތޮޅުގެ ރަށްތަކަށް މި ހަފުތާގައި މަސްދަޅު ކޭސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހދ. އަތޮޅުގެ ރަށްރަށަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރާ ދޯނި މިއަދުވެސް އެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ
ކޮންމެ ގެއަކަށް މަސްދަޅު ކޭހެއް ދޭން ސަރުކާރުން ނިންމާފައިވާއިރު، މިދިޔަ އަހަރުގެ ރޯދަ މަހު ސަރުކާރުން ވަނީ ހިލޭ ކާބޯތަކެތި ވެސް ގޭބީސީތަކަށް ދީފައެވެ. އޭގެ ތެރޭގައި ހަނޑޫ އަދި ފުށް ހިމެނެއެވެ.
ރަށްރަށުގެ ގޭބިސީތަކަށް މަސްދަޅު ބަހަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ. މާލެ ސަރަހައްދަށް މަސްދަޅު ކޭސް ބަހަނީ އެސްޓީއޯ އިންނެވެ. އެ މަސައްކަތް ފަށަން އެސްޓީއޯ އިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
ސްޓޮކްގައި ހުރި ބޭސްތައް ވަގުތުން ބެލޭގޮތަށް އޮންލައިން ޕްލެޓްފޯމެއް ޤާއިމްކުރަނީ ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިޔާއަށް ސްޓެލްކޯ ފްލެޓް ޓަވަރުގެ 9ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެ މ.ނިއުޕްލާޒާގައި އަލިފާން ރޯވެގެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ