މިދިޔަ މަހު މީރާއަށް 2.18 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނު

މިދިޔަ މަހު 2.18 ބިލިޔަން ރުފިޔާގެ އަމްދަނީއެއް ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.
މީރާއިން އާނމްުކުރި ތަފާސްހިސާބުން ދައްކާގޮތުގައި، މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ ޖީއެސްޓީއެވެ. އެއީ އާމްދަނީގެ 62.5 ޕަސެންޓަށް ވާ 1.36 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ގްރީން ޓެކުގެ ގޮތުގައި ލިބިފައިވާ 204.9 މިލިޔަން ރުފިޔާއެވެ.
ހަމައެއާއެކު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 167.5 މިލިޔަން ރުފިޔާ، ޑިޕާޗާ ޓެކުހުގެ ގޮތުގައި 165.1 މިލިޔަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 133.3 މިލިޔަން ރުފިޔާ މީރާއަށް އަށް މިދިޔަ މަހު ލިބިފައި ވެއެވެ. މީގެ އިތުރުން ވާކް ޕާމިޓް ފީގެ ގޮތުގައި 63.9 މިލިޔަން ރުފިޔާވެސް ލިބިފއި ވެއެވެ. މިއަހަރުގެ މެއި މަހުގައި މީރާއިން ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 104.74 މިލިޔަން އެމެރިކާ ޑޮލަރު ވެސް ހިމެނޭ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.
މިދިޔަ މަހު 2.18 ބިލިއަން ރުފިޔާގެ އާމްދނަީ މީރާއަށް ލިބިފައިވާ އިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީގެ އަދަދާ އަޅާ ބަލާއިރު މި އަހަރު މި ވަނީ 30.5 ޕަސެންޓް އިތުރުވެފައެވެ. އަދި މިއީ މެއި މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 7.3 ޕަސެންޓްގެ އިތުރުވުމެކެވެ.
މިއަހަރުގެ މެއި މަހުގެ އާމްދަނީ 2024 ވަނަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު އިތުރުވުމުގެ މައިގަނޑު ސަބަބެެއް ކަމަށް މީޜާއިން ބުނީ، ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހާއި އަޅާބަލާއިރު މިއަހަރުގެ މާޗްމަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކުހުގެ ރޭޓް ބޮޑުކުރުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އެއާޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީ ވެސް މިދިޔަ މަހު އާޟްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބު ކަމުގައި މީރާއިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ