އެމްޓީސީސީގެ ހިއްސާއަކަށް 2ރ ބަހަން ފާސްކޮށްފި

ރައްޔިތުންނާއި ސަރުކާރު ހިއްސާވާ ކުންފުނި، އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާ އަކަށް 2ރ ބަހަން ރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ރޭ ބާސެލޯ ނަސަންދުރަ ގައި ބޭއްވި އެމްޓީސީސީގެ އަހަަރީ އާންމު ޖަލްސާގައި ފާސްކުރީ މޫނުމަތީ އަގު 5ރ ގެ ހިއްސާ އަކަށް ފައިދާގެ ގޮތުގައި  ޖުމްލަ 5.5 މިލިއަން ރުފިޔާ ބެހުމަށެވެ. އެއީ ހިއްސާއަކަށް 2ރ އެވެ.
ތަފްސީލް - މިދިޔަ2024 ވަނަ އަހަރު އެމްޓީސީސީ އަށް ޖުމްލަ އާމްދަނީގެ ގޮތުގައި ލިބުނީ2.1 ބިލިއަން ރުފިޔާ އެވެ. އެއީ އޭގެ ކުރީ2023 ވަނަ އަހަރާ އަޅާ ބަލާއިރު %33 ގެ ދަށްވުމެކެވެ.
އެމްޓީސީސީ އިން ބުނީ ކުންފުނީގެ އާމްދަނީ ދަށްވީ ބިން ހިއްކުމާއި އިމާރާތްކުރުމުގެ ދާއިރާ އިން ލިބުނު އާމްދަނީ ދަށްވުމުން ކަމަށެވެ. އެ ދާއިރާ އިން ކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވާކަން އަހަރީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
އެމްޓީސީސީގެ 2024 ވަނަ އަހަރުގެ މާލީ ހިސާބުތަކަށްް ބަލާއިރު:
ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 166 މިލިއަން ރުފިޔާ؛ މިއީ 2023 ވަނަ އަހަރާ އަޅާ ބަލާއިރު %40ގެ ދަށްވުމެއް
ސާފު ފައިދާގެ ގޮތުގައި ލިބުނީ45 މިލިއަން ރުފިޔާ؛ މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %53ގެ ދަށްވުުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ