މާލޭ ގެއެއްގެ ފުރާޅުމައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ތަފްސީލް - ފުލުހުން ބުނި ގޮތުގައި، މިއަދު ހެނދުނު 7:30 ހާއިރު ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ވެއްޓިފައި އޮތީ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށެވެ.
ސިފައިންގެ އެހީތެރިކަމާ އެކު އެ މީހާ އައިޖީއެމްއަޗަށް ގެންގޮސްފައިވާ ކަމަށާއި އޭނާއަށް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް، އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ހާމައެއްނުކުރެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މާލޭ ގެއެއްގެ ފުރާޅުމައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ