ގައުމީ ގުރުއާން މުބާރާތަށް ބަޖެޓުން ހަރަދުކުރަން ނިންމައިފި
މިއަހަރުން ފެށިގެން ޤައުމީ ޤުރްއާން މުބާރާތަށް ސީދާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވާކަން އިޢުލާންކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދެވެ. މިކަމާގުޅޭގޮތުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ޤައުމީ ޤުރްއާން މުބާރާތް ގިނަ އަހަރުތަކެއް ވަންދެން ހިނގަމުން އައީ ތަނަވަސް ފަރާތްތަކުން ދެއްވާ ފައިސާއިން ބޮޑު ޚަރަދެއްކޮށްގެންކަމަށެވެ. އަދި މިކަމަށް ރައީސް ޑރ. މުޢިއްޒު ދެއްވާ ޤައުމީ އަހައްމިއްޔަތަށްޓަކައި، މިއަހަރުން ފެށިގެން ސީދާ ދައުލަތުގެ ބަޖެޓުން ޤައުމީ ޤުރްއާން މުބާރާތް ހިންގުމަށް ނިންމަވައި، 2025 ގެ ބަޖެޓްގައި ރައީސް ހިމަނުއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ގިނަ ދަރިވަރުން ބައިވެރިވާ ޤުރުއާން މުބާރާތެވެ. ޒަމާނުންސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުން ނުހަނު އިސްކަމެއް ދީގެން ދަރިވަރުން ތައްޔާރުކޮށް، މުބާރާތުގައި ބައިވެރިކުރަމުންދާއިރު މިއަދާއި ހަމައަށް މި މުބާރާތް ބާއްވަމުން އައީ ތަނަވަސް އެކި ފަރާތްތަކުން ދޭ ފައިސާއިން ބޮޑު ޚަރަދެއްކޮށްގެންނެވެ.ކީރިތި ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ހައިބަތު ބޮޑު، އަދި ސަރުކާރުން އެ މުބާރާތަކަށް ވަރަށް އިސްކަމެއް ދެއްވާނެ މުބާރާތެއްކަން ކީރިތި ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ