އިދިކޮޅު އެމްޑީޕީގެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)ގެ ގަޔަށް ކަޅުތެޔޮ ޖެހުން ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ކުށްވެރިކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މަރިޔަމް ޒުބައިރު އާއި އެމްޑީޕީގެ އިތުރު އެކްޓިވިސްޓެއްގެ ގަޔަށް ރޭ ކަޅުތެޔޮ ޖެހީ މޫނު ނިވާކޮށްގެން ތިބި ދެ މީހެކެވެ. މަރިޔަމް ޒުބައިރު ބުނި ގޮތުގައި، ސައިކަލެއްގައި އައި އެ ދެ މީހުން، އެ މީހުންގެ ގަޔަށް ކަޅުތެޔޮ ޖެހީ ރޭގެ މުޒާހަރާ ނިންމާލުމަށް ފަހު ޗާންދަނީމަގުގައި ހުންނަ އެމްޑީޕީ ހަރުގެއިން ނުކުމެގެން ގެއަށް ދަނިކޮށެވެ.
އެ ހަމަލާ ފުލުހަށް ރިޕޯޓް ކުރުމަށް ފަހު މަރިޔަމް ޒުބައިރު މީޑިއާތަކަށް ބުނީ މިއީ ވަކި ބަޔަކު ފޮނުވައިގެން އޭނާއަށް ދިން ހަމަލާއެއް ކަމަށެވެ. އަދި މިފަދަ ހަމަލާއެއް މިދިނީ ރައީސް އާއި ރައީސްގެ އަނބިކަނބަލުން އޭނާއާ ޒާތީވެ، ކޯޓަށް ވަޑައިގަންނަވާ ދަނޑިވަޅެއްގައިކަމުން، އެ ބޭފުޅުންގެ އަތެއް އެކަމުގައި ވާނޭ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭޭނާ ބުންޏެވެ.
ބުނީ ކީކޭ؟ - މިކަން ކުށްވެރިކުރައްވައި ސާޖިދާ މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެފަދަ ހަމަލާތަކާއި ފުރުއްސާރަތައް ބަލައިނުގަނެވޭ ކަމަށެވެ. އަދި މިދަނޑިވަޅުގައި އިތުރަށް މައްސަލަ ބޮޑުވާނެ ފަދަ އަމަލުތައް ނުކުރުމަށާއި އިންސާފުވެރިކަމާ އެކު އެ މަރުހަލާ ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމަށް އެކަމަނާ ގޮވާލެއްވި އެވެ.
އެނގުން މުހިންމު - މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅު ތެޔޮ ޖަހާފައިވަނީ ރައީސްގެ ދަރިކަލަކު ވޭޕް ބޭނުންކުރުމާ ވިދިގެން ވޭޕް ރާއްޖޭގައި މަނާކުރި ކަމަށް ބުނެ އޭނާ ދެއްކި ވާހަކަތަކެއްގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. އެގޮތުން:
ސާޖިދާ ވަނީ މަރިޔަމް ޒުބައިރުގެ މައްޗަށް މަދަނީ ދައުވާކުރަން ނިންމަވާފައި
އެ މައްސަލާގައި ފުލުހަށް ހާޒިރުވާން ވަނީ ދެ ފަހަރެއްގެ މަތިން މަރިޔަމް ޒުބައިރަށް ޗިޓް ވެސް ފޮނުވައިފައިވޭ
މަރިޔަމް ޒުބައިރު ގަޔަށް ކަޅުތެޔޮ ޖެހުން ސާޖިދާ ކުށްވެރިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ