އެމްއައިބީގެ ކާޑުން ކަނޑާލާ ޕްރޮމޯޝަނުގައި ދުބާއީ ދަތުރެއް
މޯލްޑިވްސް އިސްލާމިކް ބެންކު (އެމްއައިބީ) އިން ރޯދަ މަހަށް ހާއްސަކޮށް، "ކާޑުން ކަނޑާލާ" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.އެމްއައިބީން ބުނީ އަންނަ އެޕްރިލް 2، ގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނަށް ޝަރުތު ހަމަވާނީ އެމްއައިބީގެ ވިސާ އެވްރީޑޭ، ވިސާ ޕްލެޓިނަމް އަދި ފައިސާވެއާ އަނގޮޓި ބޭނުންކޮށްގެން ރާއްޖޭގައި ކުރާ ވިޔަފާރިތަކަށް އެކަނި ކަމަށެވެ.ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ދުބާއީ ދެކޮޅު ޓިކެޓުގެ އިތުރުން އަށް ދުވަހުގެ ހުރުން ލިބެ އެވެ. ދެވަނަ އިނާމަކީ އައިފޯން 16 ޕްރޯމެކްސްއެއް އަދި ތިންވަނަ އިނާމަކީ ދުވަހުގެ ރިސޯޓް ދަތުރެކެވެ.ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ހަފުތާއަކު 100ރ. އަށްވުރެ މަދު ނޫން އަދަދެއްގެ ހަތް ޓްރާންސެކްޝަން ހަދައިގެން ނަސީބުވެރިއަކަށް ހޮވޭ ފަސް މީހަކަށް، ދެ މީހެއްގެ ރޯދަ ވީއްލުން ލިބޭނެ އެވެ.މި ޕްރޮމޯޝަން ކުރިއަށް ދާނީ އޭޕްރިލް މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ. އެމްއައިބީއަކީ ރާއްޖޭގެ ފުރަތަމަ ފުލީ ފްލެޖްޑް އިސްލާމިކް ބޭންކެވެ. އެމްއައިބީއިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހިދުމަތް ފުޅާކުރުމުގެ އެކި ރަށް ރަށުގައި އޭޓީއެމް ބަހައްޓައި އާބާދީ ބޮޑެތި ރަށްރަށުގައި ސާވިސް ސެންޓަރުތައް ވެސް އަންނަނީ ހުޅުވަމުންނެވެ. އެމްއައިބީގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ އެވެ.ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖްޑް އިސްލާމިކް ބޭންކް ކަމަށްވާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރު 282 މިލިއަން ރުފިޔާ ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ