ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑު ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އާދަމް ޝާމިލް ސޮއިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީއާ ގުޅިގެން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އޭނާއާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އޭސީސީއަށް އިއްޔެ ހުށަހެޅި އެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފަރާތުންނެވެ. މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުން އަޒްމިރާލްދާ ސަސްޕެންޑު ކުރީ "ޖިނާއީ ތަހުގީގެއް" ހިންގަމުންދާ ކަމަށް ބުނެ ޝާމިލް ސޮއިކޮށް ފޮނުވި ސިޓީއަކަށް ބިނާކޮށެވެ.
ފަނޑިޔާރު އަޒްމިރާލްދާގެ ފަރާތުން މިއަދު ހުށަހެޅި މައްސަލާގައި ފާހަގަކުރައްވާފައިވަނީ އެ ސިޓީގައި ގިނަ މައްސަލަތަކެއް ހުރި ކަމަށާއި އެ ކޮމިޝަނުން އަމަލުކޮށްފައި ވަނީ އިޖުރާއަތްތަކާއި އުސޫލުތަކުގެ ބޭރުން ކަމަށެވެ.
ޝާމިލް ސޮއިކުރި ސިޓީގައި ނަންބަރެއް ނެތް ކަމަށާއި ޖޭއެސްސީއަށް ޖިނާއީ ތަހުގީގެއް ހިންގާކަން އެންގިއިރު އެފަދަ ތަހުގީގެއް އޭނާގެ މައްޗަށް ކުރަން އޭސީސީން ނިންމާފައި ނުވާކަން އަޒްމިރާލްދާ ފާހަގަކުރެއްވި އެވެ.
ހުލާސާކޮށް އިއްޔެ: ޝާމިލްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ހުލާސާކޮށް އިއްޔެ: ޝާމިލްގެ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ