ޔުނިކާ ޕްރައިވެޓް ލިމިޓެޑުން ފުޓްބޯޅަ ސާމާނު، އެސްޕަޔާ ފުޓްބޯލް އެކަޑަމީ އާއި ކްލަބް އީގަލްސް އަށް ހަދިޔާކޮށްދީފި އެވެ.
ޓާފް އެއް ނަމްބަރު ދަނޑުގައި ރޭ ބޭއްވި އިވެންޓެއްގައި، ޔުނިކާގެ ފަރާތުން ފުޓްބޯޅަ ސާމާނު ހަދިޔާކުރީ މޫސާ އިޒްމީލް އެވެ. އެސްޕަޔާ ފުޓްބޯލް އެކަޑަމީގެ ރައީސް، ހަސަން އަދުހަމް (ސަޑޭ) އާއި އީގަލްސްގެ ވައިސް ޗެއާމަން، މުފާވިޒް ހާޝިމް (މުފާ) ވަނީ މި ސާމާނާ ހަވާލުވެފަ އެވެ.
ޔުނިކާ ޕްރައިވެޓް ލިމިޓެޑްގެ މިހާރުގެ އަމާޒަކީ، އެ ކުންފުނީގެ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް)ގެ ތެރެއިން، ކޮންމެ އަހަރަކު ވެސް މުޖުތަމައަށް ފައިދާކުރާނެ ދާއިރާއަަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދޭން ފެށުމެވެ.
އެ ގޮތުން، އެސްޕަޔާ ފުޓްބޯޅަ އެކަޑަމީ އާއި ކްލަބް އީގަލްސް އަށް، ކުޅިވަރު ތަމްރީންތައް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބޯޅަ، ގޯލްކީޕަރު ޓްރެއިނިން އަށް ބޭނުންވާ ސާމާނު މި ވަނީ ހަދިޔާކޮށްފަ އެވެ.
ޔުނިކާ އިން އެސްޕަޔާ އާއި އީގަލްސް އަށް ކުޅިވަރު ސާމާނު ހަދިޔާ ކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން--- ފޮޓޯ: މިރާޝް ނާޝިމް / އަދަދު ސްޕޯޓްސް
"ފުޓްބޯޅަ އަކީ ދިވެހިންގެ ވިންދުކަމަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ނުހަނު ލޯބިކުރާ ކުޅިވަރަކަށް، އެކަން ކުރިއެރުވުމަށް މިއަދު އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނީ، ކުޅިވަރުގެ މުސްތަޤްބަލް ބައްޓަންކުރުމަށް އެސްޕަޔަރ ފަދަ ފުޓްބޯޅަ އެކަޑަމީތަކުން ކުރާ މަސަައްކަތުގައި ބައިވެރިވެގެން،" އީގަލްސް އާއި އެސްޕަޔާ އަށް ސާމާނު ފޯރުކޮށްދިނުމަށް ފަހު، ޔުނިކާގެ ފަރާތުން އިޒްމީލް ވިދާޅުވި އެވެ.
މީގެ 12 ވަރަކަށް އަހަރު ކުރިން، 2013 ވަނަ އަހަރު ވުޖޫދުވި ޔުނިކާ ޕްރައިވެޓް ލިމިޓެޑަކީ އިވެންޓް މެނޭޖްމަންޓްގައި އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެކެވެ. މި ކުންފުނީގެ މަސައްކަތްތަކަށް ބަލާއިރު އިވެންޓެއް ބޭއްވުމަށް ބޭނުންވާނެ ފުރިހަމަ ހައްލު ނުވަތަ އިވެންޓު ރާވާ އިންތިޒާމްކުރުމުން ފެށިގެން ހުރިހާ ކަމެއްވެސް، އެންމެ ފަހުގެ އިކުއިޕްމެންޓްތަކާއި އެކު ޒަމާނީ ފެންވަރަށް، ޔުނިކާގެ އަމިއްލަ ތަކެތީގައި ފޯރުކޮށްދެ އެވެ.
ގައުމީ ލެވަލްގެ ފެންވަރު ރަނގަޅު ގިނަ ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ ވިސްނުމުގައި، މީގެ އެއް އަހަރު ކުރިން ފެށި އެސްޕަޔާ ފުޓްބޯލް އެެކަޑަމީގެ މަސައްކަތް ވަރަށް ފުޅާކޮށް މިހާރު ހިނގަ އެވެ. ކްލަބެއްގެ ދަށުން އެކަޑަމީގެ މަސައްކަތް ކުރުމަށްޓަކައި، އެސްޕަޔާ އިން ވަނީ ރާއްޖޭގެ އެންމެ ކާމިޔާބު ޔޫތު ޓީމު ކަމަށްވާ، ކްލަބް އީގަލްސްއާ ގުޅިފަ އެވެ.
ޔުނިކާ އިން އީގަލްސް އާއި އެސްޕަޔާ އަށް ފުޓްބޯޅަ ސާމާނު ހަދިޔާކޮށްފި ޔުނިކާ އިން އީގަލްސް އާއި އެސްޕަޔާ އަށް ފުޓްބޯޅަ ސާމާނު ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ