މި ސަރުކާރުގައި ކޮރަޕްޝަން ހިންގަން އޮތް ފުރުސަތު އެއްކޮށް ބަންދުކޮށްފައިވާ ކަމަށާއި މި ސަރުކާރުގައި އަމަލު ހިންގަން ފުރުސަތު ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ،
ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މެމްބަރު ޝާޑު ވިދާޅުވީ ސަރުކާރުން ކޮރަޕްޝަން ހިންގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ސަރުކާރާއި ރައްޔިތުން ޖައްސައި، ފިތުނަފަސާދަ އުފެއްދުމަށް ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ.
“ކޮރަޕްޝަން މަނާކޮށްފައި އޮންނާނީ. މަޖިލީހުން އަޅުގަނޑުމެން އޮންނާނީ ކޮރަޕްޝަން ހުއްޓުވައިފައި، ތަޅުލާފައި. ތަޅުދަނޑި އޮންނާނީ މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲގެ އަތްޕުޅުގައި.” ޝާޑު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން މެމްބަރު ވިދާޅުވީ ކޮރަޕްޝަން ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އެހެންވެ، މި ސަރުކާރުގައި ކޮރަޕްޝަން ހިންގަން އޮތް ފުރުސަތު އެއްކޮށް ބަންދުކޮށްފައިވާ ކަމަށް މެމްބަރު ޝާޑު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އައްޑުއަށް ވެވަޑައިގެންނެވި ވައުދުތައް ވެސް ފުއްދަވާނެ ކަމުގެ ޔަގީންކަން އަދިވެސް އެބައޮތް ކަމަށާއި އެއީ ނުކުރެވޭނެ ކަމެއް ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ. އެގޮތުން ބްރިޖާއި އެއާޕޯޓު އަދި ސްޓޭޝަން ތައް ވެސް އަޅާނެ ކަމަށާއި އައިސްޕްލާންޓާއި ފަޔަރ ލޮރީ އަދި މަސްފެކްޓްރީވެސް ހުންނާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ ރައީސް މުއިއްޒު އިސްނަންގަވައި، ރައްޔިތުންނަށް ލުއިވާނެ ގޮތަށް މި ސަރުކާރުން ކޮށްދެމުން އަންނަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ސަރުކާރާ މެދު ނަފުތަރު އުފައްދަން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ނާކާމިޔާބުވެއްޖެ ކަމަށެވެ..
ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު ޝާޑު ފިޓްވެ ހިކުނު ސަބަބަކީ މިއީ އަޅުގަނޑު ވާނީ ފާއިތުވި 5 އަހަރު ހުޅުދޫ ތާރީޚު ބަދަލުކޮށްލި މީހެއްގެ ގޮތުގައި – ޝާޑު ހުޅުދޫ ދާއިރާއިން “އޭއޯނިއުސް” ގެ ކެންޑިޑޭޓަކީ ޝާޑު ހުޅުދޫ ދާއިރާގެ އެމްޕީ ޝާހިދުގެ ކެންޑިޑެސީ ފޯމް އިލެކ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ