ޕާޓީގެ ދަފްތަރާމެދު ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީން) އެދިއްޖެއެވެ.
ޕީއެންސީ އިން ބުނީ އެ ޕާޓީއަށް މެމްބަރުން އިތުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ "މެމްބަރޝިޕް ޑްރައިވް" އަށް ފަހު ޕާޓީގެ ދަފްތަރާމެދު ބައެއް ޝަކުވާތައް އާންމުންގެ މެދުގައި ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި 13 ޖެނުއަރީގައި ޝަކުވާ ހުށަހެޅުމަށް ޕާޓީން ހުޅުވާލާފައިވައިރު ހުށަހެޅުނު ޝަކުވާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޕާޓީގެ ދަފްތަރުގެ ސައްހަކަން ކަށަވަރުކުރުމާއެކު ދަފްތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން ހަރުދަނާ ކުރެއްވުމަށް ޕާޓީގެ ރައީސް އަދި ރައީސް ޑރ. މުހައްމަދު މުޢިއްޒު ލީޑަރޝިޕަށް އެންގެވި ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އެހެންކަމުން އީސީން އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެޕާޓީގެ މެމްބަރެއްގެ ގޮތުގައި ހިމެނިފައި އޮތުމާއި ނުވަތަ ނުހިމެނި އޮތުމާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް ޕީއެންސީން ވަނީ އެދިފައެވެ.
ޕީއެންސީން ބުނީ ޝަކުވާއެއް އޮތްނަމަ ޕާޓީގެ މައި އިދާރާ ނުވަތަ ރަށްރަށުގެ އެޕާޓީގެ ސްޓިއަރިންގް ކޮމިޓީތަކަށް އޭޕްރިލް 13 ގެ 15:00 ކުރި ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށެވެ.
އަދި ހުށަހެޅޭ ޝަކުވާތަކާމެދު ބަލަންޖެހޭ އެންމެހާ ކަންކަން ޕާޓީން ބަލާ، އަޅަންޖެހޭ ފިޔަވަޅެއް އޮތްނަމަ އަޅާނެކަމަށްވެސް ޕީއެންސީން ބުންޏެވެ.
ޕާޓީގެ ދަފްތަރާމެދު ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ޕީއެންސީން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ