މިސްކިތްތަކުގެ ކަރަންޓު ބިލުތަކަށް އިޖުތިމާއީ ރޭޓުތަކެއް ކަނޑައަަޅަނީ!

މިސްކިތްތަކުގެ ކަރަންޓު ބިލުތަކަށް އިޖްތިމާއީ ރޭޓުތަކެއް ކަނޑައެޅުމަށް ސްޓެލްކޯއިން މަޝްވަރާ ފަށައިފި އެވެ. 
ސްޓެލްކޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ވޮއިސް" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ މިހާރު ޓެރިފް ހެދިފައި ހުންނަ ކެޓަގަރީތަކުގެ ތެރެއަށް އިޖްތިމާއީ ކެޓަރަގީއެއް ހެދުމަށް ސްޓެލްކޯއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. 
މިހާރު ޓެރިފް ރޭޓު އެކުލަވާލާފައިވާ ގޮތުން މިސްކިތްތަކަށް ބިލު ކުރެވެނީ ބިޒްނަސް ރޭޓުގައި ކަމަށް ޝަރީފު ވިދާޅުވިއެވެ. މިސްކިތްތަކާއި ފުޓުބޯޅަ ދަނޑުތަކާއި، އަދިވެސް އިޖުތިމާއީ ބޭނުންތަކަށް ޚާއްސަ ތަންތަނަނީ އެއްވެސް ކަހަލަ އާމްދަނީއެއް ލިބޭނެ ތަންތަނަށް ނުވާއިރު، އެ ތަންތަނަށް ޚާއްސަ ރޭޓޫތަކެއްގައި ކަރަންޓު ބިލުތައް އެކުލަވާލެވެން ޖެހޭ ކަމަށް ޝަރީފު ވިދާޅުވިއެވެ. 
Advertisement
"މިހާރު މިސްކިތްތަކަށާއި، އަދި އާންމު ރައްޔިތުން ބޭނުންކުރާ ތަންތަނަށްވެސް މިހާރު ޓެރިފް ރޭޓު އިންނަގޮތުން އިންނަނީ ބިޒްނަސް ކެޓަގަރީގެ ތެރޭގައި.. އެހެންވީމަ އިޖުތިމާއީ ކެޓަގަރީ އެއީ، އާންމު ރައްޔިތުން އާންމުކޮށް ބޭނުންކުރާ ތަންތަން، މިސާލަކަށް މިސްކިތް ނުވަތަ ފުޓުބޯޅަ ދަނޑު ނުވަތަ މަގުބައްތި، މި ތަންތަނަކީ އޭގެން އެއްވެސް ކަހަލަ އާމްދަނީއެއް ޖެނެރޭޓުކުރާ ތަންތަނެއް ނޫން" 
ސްޓެލްކޯގެ އެމްޑީ ޝަރީފު 
އެހެންކަމުން އިޖުތިމާއީ ކެޓަގަރީއެއް ހަދާ، އިޖްތިމާއީ ޙިދުމަތްތަކާއި ގުޅުންހުރި ތަންތަނަށް ޚާއްސަ ބިލުތަކެއް އެކުލަވާލުމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއެކު މަޝްވަރާތައް ފަށާފައިވާކަމަށް ޝަރީފު ވިދާޅުވި އެވެ. 
"އެކަހަލަ ތަންތަނުގެ ޓެރިފް، އިޖުތިމާއީ ޓެރިފް ރޭޓަކަށް ބަދަލުކުރުމަށް، އެނާޖީ މިނިސްޓްރީ މިނިސްޓްރީއާއި އެކީ މަޝްވަރާކުރަމުން އެބަދަން"
ސްޓެލްކޯގެ އެމްޑީ ޝަރީފު 
ޝަރީފު ވިދާޅުވީ މިސްކިތްތަކުގެ ކަރަންޓު ބިލުތައް ކުޑަކުރުމަށް މިހާރުވެސް ބައެއް ރަށްރަށުގެ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކޮށްފައިވާކަމަށެވެ. އަދި އެ ޕެނަލްތަކުގެ ބޭނުން ހިފާ ކަރަންޓު ކަރަދު ކުޑަކުރަމުންވެސް ދާކަމަށެވެ. 
ކުރިއަށް އޮތް ތަނުގައި މިސްކިތްތަކާއި އިޖުތިމާއީ ކަންކަމަށް ބޭނުންކުރާ ތަންތަނުގެ ކަރަންޓުބިލުތަކަށް ލުއި ގޮތްތަކެއް ހޯދާދިނުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ޝަރީފު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ