ރާއްޖޭގެ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓު ދެވެނީ ސަރުކާރުގެ ހެޔޮކަމުން: ޝަރީފް

ރާއްޖޭގެ ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓު ދެވެނީ ސަރުކާރުގެ ހެޔޮކަމުން ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީޕް މިހެން ވިދާޅުވީ ރާއްޖޭގައި ކަރަންޓުގެ ޚިދުމަތްދޭން ފެށިތާ 73 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ތެލުގެ އަގު ބޮޑުވެގެން ގޮސް އަތް ނުފޯރާފަަށަށް ތެލުގެ އަގު ގޮސްފައި ވީނަމަވެސް ކަރަންޓުގެ ސިނާއަތަށް އެއްވެސް ކަހަލަ ބުރޫ އެރުމެއް ނެތި ޚިދުމަތް ދެމުން ގެންދެވެނީ ސަރުކާރުގެ ސަބްސިޓީ ސްޓެލްކޯއަށް ލިބޭތީ ކަމަށެވެ.
އަދި އަނެއް ކޮޅުން ތެޔޮ ފޯރުކޮށްދޭ ފަރާތަށް ސަރުކާރުން ހަމައަގު ދައްކަމުން ދާތީ ތެޔޮލިބުމަކަށް އެއްވެސް ދައްޗެއް ކުރިމައްޗެއް ނުވާ ކަމަށާއި ތެޔޮ ލިބުމުގައި ދަތި ކަމެއް ނެތުމުން ކަރަންޓް ފޯރުކޮށްދިނުމުގައި ސްޓެލްކޯއަށް އުދަގުލެއް ނެތްކަން ޝަރީފް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ، ރާއްޖޭގައި އޮތް ކޮންމެ ސަރުކާރަކުން ވެސް ކަރަންޓުގެ ޚިދުމަތް ރަނގަޅުކޮށް ފެންވަރު މަތި ކުރުމަށް ކުރެވެން ހުރި ކަންކަން ކުރަމުން އައިކަން ފާހަގަކުރެވޭ ކަމަށެވެ.
އެހެން ނަމަވެސް މީގެ ކުރީގެ ސަރުކާރުތަކުން ނުކުރާހާ މަސައްކަތް ވޭތުވެ ދިޔަ ހަތަރު އަހަރު ތެރޭގައި މިސަރުކާރުން ވަނީ ކޮށްފައިކަން ފާހަގަކުރައްވާ ޝަރީފް ވަނީ އެކަމަށްޓަކައި ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.
ތަފާތު ނަންނަމުގައި ދިރެމުން ފުޅާވަމުން އައި ކަރަންޓްގެ ހިދުމަތުގައި ސްޓެލްކޯއަކީ 1949 ވަނަ އަހަރު އަލްއަމީރު މުހައްމަދު އަމީނު ދީދީގެ އިސްނެންގެވުމަކުން މަލޭގައި އާދައިގެ ގޮތަކަށް ދޭން ފެށުނު ކަރަންޓްގެ ހިދުމަތް މެދުކެނޑުމެއް ނެތި ދުވަހެއް ދުވަހަކަށް ތަރައްގީކުރަމުން އައި ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ