ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަދު ތޯލިބު އެވެ.
ތޯލިބު ހުށަހެޅި ދުސްތޫރީ މައްސަލައިގައި ފާހަގަކޮށްފައިވަނީ ކޮޕް-27 ސައިޓުގައި ނަޝީދު ސްރީލަންކާ ތަމްސީލު ކުރެއްވުމަކީ ގާނޫނު އަސާސީގައި ބަޔާންކުރާ މަޖިލީހުގެ މެންބަރެއްގެ ޒިންމާތަކާއި ޝަރުތުތަކާ ހިލާފު އަމަލެއް ކަމަށެވެ.
ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި މެންބަރުންގެ މަސައްކަތުގައި ރިއާޔަތްކުރަންވީ ކަންކަން ބަޔާންކުރާ މާއްދާ ވަނީ ފާހަގަކޮށްފަ އެވެ.
އެގޮތުން މެންބަރުން އަމަލުކުރަންވާނީ ގައުމީީ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަން ވަނީ ފާހަގަކޮށްފަ އެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ މީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރި އެރުވުމަށް މަގާމު ބޭނުންކޮށްގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައިވެ އެވެ.
ތަފުސީލު އަންނަނީ
ނަޝީދު މެންބަރުކަމުުން ވަކިކުރަން ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ