ވިއުގައިގެ އަޕްގްރޭޑެއް ދާތީ ބައެއް ދިމާއިން ކަރަންޓް ދާނެ

ސްޓެލްކޯގެ ކަރަންޓް ހިދުމަތުގައި ގެންނަން ޖެހޭ އަޕްގްރޭޑްތައް އަބަދުހެން ކަރަންޓް ވިއުގައަށް ގެންނަން ޖެހެ އެވެ. އެފަދަ މަސައްކަތުގައި ބައެއް ފަހަރު ކަރަންޓްގެ ހިދުމަތް ވަގުތުކޮޅަކަށް ކަނޑާލަން ޖެހެ އެވެ.
ސަރުކާރުގެ މައި ކަރަންޓް ކުންފުނިން ބުނާ ގޮތުގައި މިއަދު މެންދުރު ފަހު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ އެވެ.
އެ ގޮތުން އެ މަސައްކަތް ކުރާއިރު މިއަދު މެންދުރު 2:00 އިން ހަވީރު 4:00 އަށް މާލޭގެ މާފަންނުގެ ޖަވާހިރުމަގާއި ނަސީމީ ހިނގުމާއި ދަކަނދާމަގާއި މިރިޔާސް މަގުގެ އިތުރުން މުއިވެޔޮ ގޯޅިއާއި ގުލްހަޒާރު ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކޭނެ އެވެ. މަސައްކަތް ނިމެމުންދާ ވަރަަކަށް ކަރަންޓް ދެމުން ދާނެ އެވެ.
އަޕްގްރޭޑްގެ މި މަސައްކަތް ދެ ތިން ގަޑިއިރަށް ބައެއް ސަރަހައްދުތަކުން ކަރަންޓު ދާނެތީވެ ސްޓެލްކޯއިން ވަނީ ކަރަންޓް ކެނޑޭ ސަރަހައްދުތައް ހިމެނޭ ގޮތަށް އާންމުން ރައްޔިތުންގެ ކިބައިން މާފަށް އެދިފަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ