ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ގިނަ ބައެއްގެ ރުހުން ލިބިއްޖެނަމަ އެއީ ބޮޑު ނިޢުމަތެއް ކަމުގައެވެ. ގިނަ ބައެއްގެ ރުހުން ލިބުމަކީ ރަނގަޅު ކަމެކެވެ. ނަމަވެސް އެކަމުން ފައިދާކުރާނީ ތިމާއަށް ރުހޭ މީހުންގެ ތެރޭގައި ހެޔޮލަފާ ތަޤްވާވެރިން ހިމެނޭ ނަމައެވެ. އެފަދަ މީހުން ގިނަ ނަމައެވެ.
ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންފިކަން ޔަޤީންކުރެވޭނެ އެއްވެސް ގޮތެއް މިދުނިޔޭގައި ތިބޭއިރު ނެތް ނަމަވެސް ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގެންފިނަމަ އެމީހެއްގެ ކިބައިން ފެނިގެންދާނެ ބައެއް ޢަލާމާތްތަކުގެ ތެރެއިން 4 ވަނަ ޢަލާމާތަކީ ތަޤްވާވެރި ހެޔޮލަފާ މީހުންގެ ރުހުމާއި ލޯބި ލިބިގެންވުމެވެ.
އެކަންވެސް ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ.
Abu Hurairah (May Allah be pleased with him) reported:
The Prophet (ﷺ) said, "When Allah loves a slave, calls out Jibril and says: 'I love so-and-so; so love him'. Then Jibril loves him. After that he (Jibril) announces to the inhabitants of heavens that Allah loves so- and-so; so love him; and the inhabitants of the heavens (the angels) also love him and then make people on earth love him".
[Al- Bukhari and Muslim].
Another narration of Muslim is: Messenger of Allah, (ﷺ) said: "When Allah loves a slave, He calls Jibril (Gabriel) and says: 'I love so-and-so; so love him.' And then Jibril loves him. Then he (Jibril) announces in the heavens saying: Allah loves so-and-so; so love him; then the inhabitants of the heavens (the angels) also love him; and then people on earth love him. And when Allah hates a slave, He calls Jibril and says: 'I hate so- and-so, so hate him.' Then Jibril also hates him. He (Jibril) then announces amongst the inhabitants of heavens: 'Verily, Allah hates so- and-so, so you also hate him.' Thus they also start to hate him. Then he becomes the object of hatred on the earth also". [Muslim].
Reference: Riyad as-Salihin 387
ﷲ ތަޢާލާ މީހަކުދެކެ ލޯބިވޮޑިގެންފިނަމަ އެކަން ޖިބްރީލްގެފާނަށް އަންގަވާނެތެވެ. އެއިރުން ޖިބްރީލްގެފާނު އުޑުތަކުގައި އެކަން އިޢުލާނުކުރައްވަވާނެތެވެ. އެހިސާބުން ހުރިހާ މަލާއިކަތުންނާއި ބިމުގައިވާ މީހުންގެ ލޯބި އެމީހަކަށް ލިބިގެންދާނެތެވެ. ހަމައެފަދައިން މީހަކު ދެކެ ﷲ ތަޢާލާ ރުހިވޮޑިނުގެންފިނަމަވެސް ހަމަ މިފަދައިން ކަންކަންވެގެންދާނެތެވެ.
މީސްތަކުންނޭވެ! އޮޅުވައިނުލާށެވެ! ﷲ ތަޢާލާއަށް އީމާންނުވާ މުޝްރިކުންގެ ތެރޭގައި ވަރަށް މަޝްހޫރު މީހުން އުޅެއެވެ. އެމީހަކު ދެކެ ގިނަބައަކު ލޯބިވާ މީހުންވެސް އުޅެއެވެ. ނަމަވެސް އެއިގެ މާނައަކީ އެއްވެސް ޙާލެއްގައި އެމީހަކު ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަތުމެއް ނޫނެވެ. އޭނާގެ މައްޗަށް ލޯބި އެއުފެދެނީ ޝައިޠޯނާގެ ސަބަބުންނެވެ. އަހުރެން މިދެއްކީ އެމީހަކު ދެކެ ﷲ ތަޢާލާއަށް ބިރުވެތިވާ، ﷲ ތަޢާލާ ދެކެ ލޯބިވާ އަޅުންގެ ލޯތްބާއި އިޙްތިރާމް އެމީހަކަށް ލިބިގެންދާ މީހުންގެ ވާހަކައެވެ.
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން
ތިމާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިފައިވާ މީހުންގެ ސިފަތަކުގެ ތެރެއިން ތަޤްވާވެރި ހެޔޮލަފާ މީސްތަކުންގެ ލޯބި ލިބޭ މީހަކު ކަމުގައިވުން-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ