ކްވަރަޓްސްހޭލިއާ ޕީއެސްޖީއަށް ސޮއިކޮށްފި
އިޓާލިއަން ސެރީއާގެ ނަޕޯލީއަށް ކުޅޭ ޖޯޖިއާގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ހަވީޗާ ކްވަރަޓްސްހޭލިއާ ފްރެންޗް ލީގު އާންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިންއަށް ސޮއިކޮށްފިއެވެ. މަޢުލޫމާތުލިބިފައިވާ ގޮތުގައި ކްވަރަޓްސްހޭލިއާ އެޓީމަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން 2029ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކްވަރަޓްސްހޭލިއާ ޕީއެސްޖީގައި މަޑުކުރާނެއެވެ. ނަޕޯލީގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ ކްވަރަޓްސްހޭލިއާ އެޓީމު ދޫކޮށްދާން ބޭނުންވާކަން ކްލަބަށް އަންގާފައިވަނީ މިދިޔަ ހަފުތާގައެވެ. އޭނާ ހޯދުމަށް އިންގްލިޝް ޕްރިމިއާ ލީގުގެ ޗެލްސީ އާއި ލިވަޕޫލުން ވެސް މަސައްކަތް ކޮށްފައިވެއެވެ. ޕީއެސްޖީއިން މި މުއާމަލާތަށް ހަރަދު ކުރި މިންވަރެއް ހާމަކޮށްފައި ނުވި ނަމަވެސް ފަރަންސޭސި މީޑިއާތަކުން ހާމަކުރާގޮތުގައި އިތުރު ބައި ތަކާއެކު ޕީއެސްޖީގެ އަތުން 70 މިލިއަން ޔޫރޯ ހަރަދުވުން ގާތެވެ. ޕީއެސްޖީއަށް ސޮއިކުރުމަށްފަހު ކްރަވަޓްސްހޭލިއާ ބުނީ ޕީއެސްޖީއަށް ސޮއި ކުރުން މިއީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށެވެ. އަދި ޕީއެސްޖީއާ ގުޅޭގޮތުން ގިނަ ރަނގަޅު ވާހަކަ ތަކެއް އަޑުއިވިފައިވާކަމަށެވެ. އެހެން ކަމުން މިކުލަބްގެ ޖާޒީގައި ރަނގަޅު ކުޅުމެއް ދައްކާ މިކްލަބަށް ކާމިޔާބީތަކެއް ހާސިލް ކުރުމުގައި އެހީތެރިވެދިނުމަށް ކެތް މަދުވެފައިވާކަމަށް އޭނާ ބުންޏެވެ. ނަޕޯލީއާ 2022ވަނަ އަހަރު ޖޯޖިއާގެ ޑީނަމޯ ބުޓާމީއިން ބަދަލުވި އުމުރުން 23 އަހަރުގެ މި ކުޅުންތެރިޔާވަނީ ނަޕޯލީގައި މޮޅު ކުޅުމެއް ދައްކާ ގިނަ އަހަރު ތަކެއްގެ މެދު ކެނޑުމަށްފަހު އެޓީމަށް އިޓާލިއަން ސެރީއާގެ ތަށި ކާމިޔާބު ކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އަދި އޭނާގެ މޮޅުކުޅުމުގެ ސަބަބުން ނަޕޯލީގެ ސަޕޯޓަރުން އޭނާއަށްވަނީ އެޓީމުގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާގެ ނަމާއި ގުޅުވާ ކްވަރަޑޯނާގެ ނަންވެސް ދީފައެވެ. ކްވަރަޓްސްހޭލިއާ އަނީ މިފަހަރުގެ ޓްރާސްންސްފާ ވިންޑޯގައި ޕީއެސްޖީއިން އެޓީމަށް ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. އަދި މިއީ ޖޯޖިއާގެ ކުޅުންތެރިއެއް އެޓީމަށް ސޮއި ކުރިވެސް ފުރަތަަމަ ފަހަރެވެ. ޕީއެސްޖީ މިހާރު އުޅެނީ ފްރެންޗް ލީގުގެ ތާވަލްގެ އެއްވަނައިގައެވެ. ކުރިއަށް ހުރި މެޗު ތަކަށް ބަލާލާއިރު މިރޭ ލޯންސްއާ ބައްދަލު ކުރާ މެޗާއި ޗެމްޕިއަންސް ލިގުގައި މިއަންނަ ބުދަ ދުވަހު މެންޗެސްޓާ ސިޓީއާ ބައްދަލުކުރާ މެޗު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ