ޣާޒާ އިން ތެޔޮ ހުސްވެ ރައްޔިތުން ކަނުއަނދިރީގަ

ޢާޒާއިން އެކުގައި ތެޔޮ ހުސްވުމުން ޢާޒާގައި ސަލާމަތުން ހުރި ހަމައެކަނި އިންޖީނުގޭގެ އިންޖީނުތައް އިއްޔެއިން ފެށިގެން ވަނީ ނިވައިލަންޖެހިފައެވެ. ނަތިޖާއެްއގެ ގޮތުން ހުރިހާ ރައްޔިތުންނަށްވެސް ވެސް ރޭ ތިބެންޖެހުނީ ކަނު އަނދިރީގައެވެ.
ޣާޒާގެ ވެރިކަންކުރާ ހަމާސްގެ ސަރުކާރުން ބުނީ އިންޖީނުގެ ހިންގުމަށް އެންމެފަހުން ވެސް ބޭނުންކުރަމުން އައީ ޤަތަރާއި ތުރުކީގެ އެހީގައި ހޯދި ތެޔޮ ކަމަށައި އިތުރަށް ބޭނުންކުރާނެ އެއްވެސް ތެލެއް މިހާރު ނެތް ކަމަށެވެ.
ޣާޒާއަށް މިހާލަތު ކުރިމަތިވެގެން މިއުޅެނީ ފަލަސްޓީނުގެ މައި ސަރުކާރާއި ހަމާސް އާއިމެދު އުފެދިފައިވާ މައްސަލަތަކެއްވެސް ހުރުމުންނެވެ. މި މައްސަލަތައް ކުރިމަތިވެދާނެކަން ވަނީ ކުރިންވެސް ފާހަގަކުރެވިފައެވެ. މިފަދަ ހާލަތެއްގެ ސަބަބުން ހޮސްޕިޓަލްތައް ފަަދ ކޮންމެހެން ކަރަންޓް ބޭނުންވާ ތަންތަނަށް ކަރަންޓް ނުލިބުމުގެ ބިރު އޮތްކަން ހަމާސް ވަނީ ފާހަގަކޮށްފައެވެ. އަދި ރައްޔިތުންވެސް އައީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.
ޣާޒާއަށް މިފަދަ މައްސަލަތައް ކުރިމަތިވަނީ އިޒްރޭލުން ޣާޒާ ހިސޯރުކޮށް ޣާޒާއަށް ބޭނުންވާ ތަކެތި ލިބުމަށް ހުރަސްއަޅަމުން ގެންދާަތީއެވެ. ޣާޒާގެ މުޅި އާބާދީގައި 2 މިލިއަނެއްހައި މީހުން ހިމެނޭއިރު އެއެންމެން ޖަލެއްގައި އުޅޭފަދައިން ދިރިއުޅެމުން ގެންދާތާ އެތައް އަހަރެއް ވަނީ ފާއިތުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ