މިމަހު 27 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފަސް ވަނަ އިންޓަ ސުކޫލް ތުރީ އޮން ތުރީ ބާސްކެޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްބީއޭއިން ބުނީ، މިމުބާރާތުގައި ބައިވެރިވާ އެދޭ ސުކޫލްތަކަށް މިއަދުން ފެށިގެން މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ސުކޫލްތަކުން، ބައިވެރިވާ އުމުރުފުރާ އެނގޭގޮތަށް ޓީމް ލިސްޓު މިމަހުގެ 23 ވަނަ ދުވަހުގު މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް ވެސް އެމްބީއޭއިން މައުލޫމާތު ދެއެވެ.
އެމްބީއޭއިންބުނީ، މުބާރާތުގެ ގަވާއިދާ ޓީމް ލިސްޓު ހުށަހަޅާ ފޯމްގެ އިތުރުން މުބާރާތުގެ މައުލޫމާތު އެއެސޯސިއޭޝަނުން ލިބޭނެ ކަމަށެވެ. އަދި މިއަހަރުގެ މުބާރާތް ހުޅުވާލާފައި ވަނީ 14 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބަޔަށާއި، 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައި ހިމެނޭ ގޮތައް ކަމަށް ވެސް އެމްބީއޭއިން މައުލޫމާތު ދެއެވެ.
މިދިޔަ އަހަރު ބޭއްވި މި މުބާރާތުގެ 14 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ތާޖުއްދީން ސުކޫލް ހޯދިއިރު، 14 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސުކޫލެވެ. އަދި 16 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ދަރުމަވަންތަ ސުކޫލް ހޯދިއިރު، 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސުކޫލެވެ.
މިއަހަރުގެ މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
ބާސްކެޓް: އިންޓަ ސްކޫލް 3 އޮން 3 ޗެމްޕިއަންޝިޕްގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ