މާލެއިން މިއަދު ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް އަލުން އަނބުރާ ހިދުމަތް ދިނުމަށް ހަ ގަޑިއިރު ވަރު ހޭދަވާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ކުންފުނީގެ ކަރަންޓު ފޯރުކޮށްދިނުމަށް 2001 ވަނަ އަހަރު ބެހެއްޓިފައިވާ 66 ނަމްބަރު ސަބްސްޓޭޝަންގެ ޓްރާންސްފޯމަރުން ބޭނުން ކުރެވޭ ވަރު އިތުރުވަމުން ދިއުމުގެ ސަބަބުން ފޯމަރަށް ލިބުނު ގެއްލުމާ ގުޅިގެން ކޯރުކެނޑި ހިނގުމާއި އެމަގާއި ގުޅިފައިވާ ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވާ ކަމަށެވެ.
އަދި އާ ޓްރާންސްފޯމަރެއް ބަހައްޓާ ހިދުމަތް ދިނުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި ކަރަންޓް ކެނޑިފައިވާ ސަރަހައްދުތަކަށް އަނބުރާ ހިދުމަތް ދިނުމަށް ހަ ގަޑިއިރު ވަރު ހޭދަވާނެ ކަމަށް ސްޓެލްކޯގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
ކަރަންޓް އަނބުރާ ދިނުމަށް ހަ ގަޑިއިރު ހޭދަވާނެ - ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ