ޗަސް ބިމުން ނަފާ ހޯދާ ޕްރޮގްރާމެއް ފުވައްމުލަކުގައި ފަށައިފި

ކުޅި އަދި ޗަސްބިމުން މަންފާ ހޯދުމާބެހޭ ޕްރޮގްރާމެއް ފުވައްމުލަކުގައި ފަށައިފި އެވެ. ޕްރޮގްރާމް އެ ރަށުގައި އިފްތިތާހު ކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމެވެ.
މި ޕްރޮގްރާމަކީ މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ކްލައިމްޓް ޗޭންޖް އެޑްޕްޓޭޝަން ޕްރޮޖެކްޓް (ސީސީއޭޕީ) އިން ކުރިއަށްގެންދާ މި ޕްރޮގްރާމް އަމާޒު ކޮށްފައިވަނީ އަތްތެރި މަސައްކަތުގެ ދާއިރާއާއި ގުޅޭ ފަންނީ ބޭފުޅުންނަށާއި އޯގަނިކް ފާމިން ގެ މަސައްކަތުގައި އުޅޭ ފަރާތްތަކަށެވެ. މި މަސައްކަތު ބައްދަލުވުމުގައި ތުނޑުކުނާ ވިޔާނެ ގޮތާއި އެކިއެކި ސުވަނިއާސް ހަދާނެ ގޮތް ދަސްކޮށްދިނުން ހިމެނެ އެވެ.
ތިން މަސް ދުވަހުގެ މި ޕްރޮގްރާމްގައި 80 ފަރާތެއް ބައިވެރިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ