ސިޔާސީ ބޭނުންތައް ހާސިލް ކުރަން ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓުވަންޖެހޭ ކަމަށް ކުރީގެެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވައިގެން ސިޔާސީ މަގުސަދުތައް ހާސިލް ކުރުމަކީ ޑިމޮކްރަސީއާ ދެކޮޅަށް ހިންގޭ ކުށެއް ކަމަށެވެ. އަދި އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.
ރައީސް މައުމޫން މިގޮތަށް ޓްވީޓް ކުރެއްވި އިރު ރައީސް މައުމޫންގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް، އެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައި ވަނިކޮށެވެ.
އެކަމާއި ގުޅިގެން އިދިކޮޅު ސިޔާސީ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރާ ރައީސް މައުމޫންވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ސިޔާސީ ބޭނުމުގައި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓުވަންޖެހޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ