އޮސްޓްރޭލިއާގެ މަޖިލިސް މެމްބަރު ލަރިއްސާ ވޮޓާސް އިސްތިއުފާދެނީ

އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ލަރިއްސާ ވޮޓާސް އިސްތިއުފާދެއްވަން އުޅޭކަން އިއުލާނުކުރައްވައިފިއެވެ. ސެނެޓާ ވޮޓާސް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާދެއްވާ ސަބަބެއްކަމުގައި ވިދާޅުވީ އޭނާގެ އަތުގައި އޮންނަނީ ދެ ގައުމަކަށް ނިސްބަތްވާ ރައްޔިތެއްކަން އަންގައިދޭ ލިޔެކިޔުމެއް ކަމަށް ވުމުން ކަމަށެވެ. އޮސްޓްރޭލިއާގެ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުންނަމަ ޑުއަލް ނުވަތަ ޕްލޫރަލް ސިޓިޒަންޝިޕް އޮންނަ ފަރާތްތަކަށް ސިޔާސީ މަގާމުތަކަށް ކުރިމަތި ނުލެވޭނެއެވެ. ސެނެޓާ ވޮޓާސްއަކީ އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުން ޑުއަލް ސިޓިޒަންޝިޕް އޮވެގެން މިއަހަރުގެ މިހާތަނަށް އިސްތިއުފާ ދެއްވާ ދެވަނަ މެމްބަރެވެ. ދެ ގައުމެއްގެ ރައްޔިތުކަން އޮތުމުން އެންމެ ފުރަތަމަ އިސްތިއުފާދެއްވީ މަޖިލިސް މެމްބަރު ސްކޮޓް ލުޑްލަމްއެވެ. ވޮޓާސްއަކީ އޮސްޓްރޭލިއާގެ ޕާލިމެންޓްގައި ފުރަތަމަ ފަހަރަށް ދަރިފުޅަށް ގާތުންކިރުދެއްވަމުން މުއާމަލާތު ކުރެއްވި ބޭފުޅާއެވެ. އޮސްޓްރޭލިއާގެ ވައަތު ފިޔާއިގެެ ސިޔާސީ ޕާޓީކަމަށްވާ ގްރީންސް ޕާޓީގް ޑެޕިއުޓީ ލީޑަރުކަންވެސް ވޮޓާސް ކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ