ވެރިކަން ކުރާ ޕީޕީއެމް އިން ވަކިކޮށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންގި ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެންބަރުންނާއި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް މައުމޫން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރަށް ބަލާއިރު ރައްޔިތުން މަޖިލީހުގެ މެންބަރުކަން ނުގެއްލޭނެ ކަމަށާއި ނަމަވެސް ޕާޓީ އިން ވަކިކުރެވިދާނެ ކަމަށެވެ.
"ފަހަރެއްގައި ބައެއް ބޭފުޅުން ޕާޓީ އިން ވަކިކުރެވިދާނެ. އެކަމަކު މެންބަރުކަމެއް ނުގެއްލޭނެ. ޖަލްސާތަކުގައި ބައިވެރިވެވޭނެ. މަޖިލިސް މެންބަރުންގެ ގޮތުގައި ލިބެން ޖެހޭ އިމްތިޔާޒްތައް ވެސް ލިބޭނެ" ރައީސް މައުމޫން ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
ހަތަރު މެންބަރުންގެ ގޮނޑިއެއް ނުގެއްލޭނެ – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ