ހަލާކުވި ޖަނަރޭޓަރު ރަނގަޅުކޮށް ލަންދޫއަށް ކަރަންޓް ދީފި

ނ. ލަންދޫއަށް ކަރަންޓް ދެމުންދިނުމަށް ބޭނުންކުރަމުންދިޔަ ތިން ޖަނަރޭޓަރުގެތެރެއިން ދެ ޖަނަރޭޓަރު ހަލާކުވެގެން ކަރަންޓް ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވަނިކޮށް މައްސަލަ ހައްލުކޮށް ކަރަންޓް ދޭން ފަށައިފި އެވެ.
ކައުންސިލުގެ މެމްބަރު އަބުﷲ އާރިފް ވިދާޅުވީ ބުރާސްފަތި ދުވަހުގެ 11 ޖަހާކަންހާއިރުން ފެށިގެން ކަރަންޓް ހިދުމަތް ލިބެނީ އެކި ހިސާބުތަކަށް އެކި ގަޑިތަކުގައި ކަމަށެވެ،
"ތިން ޖަނަރޭޓަރު ގެންގުޅޭ ކަރަންޓްދިނުމަށް. އޭގެތެރެއިން އެންމެ ބޮޑު ދެ ޖަނަރޭޓަރު ހަލާކުވީ. އޭގެ ތެެރެއިން އެއް ޖަނަރޭޓަރު ހަކާލުވިތާ ހަފުތާއެއްވީ ފަހުން ދެވަނަ ޖަނަޜޭޓަރު ހަލާކުވީ،" އާރިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި 700ހާ މީހުން ދިރިއުޅެމުންދާ ލަންދުއަށް މިހާރު ކަރަންޓުގެ ހިދުމަތް ދެމުންދަނީ އެންމެ ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ. އެހެންވުމުގެ ސަބަބުން އެއްފަހަރާ މުޅި ރަށަށް ކަރަންޓް ދެވޭވަރުގެ ގާބިލްކަން މިވަގުތު އިންޖީނުގޭގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"ބުރާސްފަތި ދުވަހު ޖަނަރޭޓަރަށް މައްސަލަ ދިމާވުމާ ގުޅިގެން އަތޮޅުތެރެއިން ޓީމެއް އައިސް މިހާރުދަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން،" އާރިފް ވިދާޅުވިއެވެ.
ލަންދޫ ކަރަންޓް ކެނޑޭ މައްސަލާއާ ގުޅޭގޮތުން ލަންދޫ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު އަބުދުﷲ ނާޝިދު ވިދާޅުވީ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް މިހާރު މުޅިރަށަށް 24ގަޑިއިރު ކަރަންޓްދޫކޮށްފައިވާކަމަށެވެ.
"މައްސަލަ ހައްލުކޮށް ރޭ ކަރަންޓް ދޭން ފެށި ފަހުން އަނެއްކާ ދިމާވި މައްސަލަ ހެނދުނު ހައްލުކޮށް މިހާރުވަނީ މުޅިރަށަށް ކަރަންޓް ދޫކޮށްފައި. އިތުރު މައްސަލައެއް ދިމާނުވާނަމަ މިހާރެކޭ އެއްގޮތަށް ކަރަންޓް ލިބޭނެ،" ނާޝިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ތިން ވަނަ ޖަނަރޭޓަރަށް ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ތަކެތި މިހާރުވަނީ ލަންދު އަށް ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ