މިނިވަންވުމަށް ގޮވާލާ އެއްވުމާއި ހިނގާލުން މިއަދާއި މިރޭ ކުރިއަށްދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.
އިދިކޮޅު ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި މިނިވަން ކަމަށް ގޮވާލާ ބާއްވާ އެއްވުން އޮތީ މިއަދު ހަވީރު 4:30ގައި އެމްޑީޕީގެ ހަރުގެ ކައިރީގައި ކަމަށެވެ. އަދި މިނިވަންވުމަށް ގޮވާލާ ބާއްވާ ހިނގާލުން އޮތީ މިރޭ 8:30ގައި ކުނޫޒު ކުރިމަތި އަދި އެމްޑީޕީ އޮފީސް ކުރިމަތީގައި ކަމަށް އިދިކޮޅުފަރާތްތަކުން މައުލުމާތު ދެއެވެ.
ރާއްޖެއަށް މިނިވަންކަން ލިބުނީ 26 ޖުލައި 1965 ވަނަ އަހަރު އަލްމަރުހޫމް އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. ނާސިރު އަވަހާރަވީ އުމުރުފުޅުން 82 އަހަރުގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލްގައި އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދެވިތާ ދުވަސްގަނޑެއް ފަހުންނެވެ. ރައީސް މުހައްމަދު ނަޝީދުގެ ޒައާމަތުގައި ރައީސް ނާސިރުގެ ހަށިކޮޅު މާލެ ގެންނަވާ ރަސްމީ އިއްޒަތުގައި އެމަނިކުފާނުގެ ޖަނާޒާގެ ކަންކަން ގެންދަވާ ހުކުރު މިސްކިތުގައި ފަސްދާނުލެވުނީ 24 ނޮވެމްބަރު 2008 ގައެވެ.
މިނިވަންވުމަށް ގޮވާލާ ބާއްވާ އެއްވުން މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ