ސުޕްރީމް ކޯޓުގެ ބެންޗު ބައްދަލުކުރަން އުޅޭކަމުގެ ވާހަކަ ދޮގުކޮށްފި

ސުޕްރީމް ކޯޓުގެ ބެންޗު ބައްދަލުކުރަން އުޅޭ ކަމަށް ބުނެ އިދިކޮޅު ފަރާޓްތަކުން ފަތުރަމުންދާ ވާހަކަ ޕީޕީއެމްއިން ދޮގުކޮށްފިއެވެ.
މިކަން ހާމަކުރައްވައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިފިކޮޅު ފަރާތްތަކުން އެފަދަ ވާހަކަތައް ފަތުރަމުން ދަނީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަތަކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ.
"ސުޕްރީމް ކޯޓު ބެންޗު ބައްދަލުކުރަން އުޅޭކަމުގެ ދޮގު އިދިކޮޅު ފަރާތްތަކުން ފަތުރަނީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަތަކަށް ނުފޫޒު ފޯރުވަން" ޚަލީލް ކުރެއްވި ޓްވީޓުގައި ވެއެވެ.
މީގެ އިތުރުން ޚަލީލް ވިދާޅުވެފައިވަނީ، ހަތަރު އުދަރެސް ފެނުޖެހި ގޮތް ހުސްވުމުން އިދިކޮޅު ފަރާތްތަކުން ނިކުންނަނީ ފަސާދަ އުފައްދަން ކަމަށެވެ.
ސިޔާސީ މަސްރަހު ހަލަބޮލުވެފައިވާ މި ދަނޑިވަޅުގައި، ސަރުކާރު ވައްޓާލާނެ ކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ތަފާތު އެކި ޙަރަކާތްތައް ކުރިޔަށްގެންދާއިރު، ސަރުކާރާއި ގުޅުންހުރި ފަރާތްތަކާއި އިދަރާތަކާއި ގުޅޭ ގޮތުން ދޮގު ވާހަކަތައް މީގެ ކުރީންވެސް ފަތުރާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ