އައްޑޫގައި ކަރަންޓުގެ ޚިދުމަތް ތަރައްޤީކުރުމަށް 30 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް

އައްޑޫ ސީޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓް ފޯރުކޮށްދިނުމަށް 30 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓެއް ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.މިއަދު ކުރިއަށްދިޔަ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޝަރީފު ވިދާޅުވީ އައްޑޫގައި ވަނީ ހަތަރު ޖަނަރޭޓަރަކަށް އެއްފަހަރާ މައްސަލަ ދިމާވެފައި ކަމަށާއި އެއީ އެފަދަ ގޮތަކަށް މީގެ ކުރިން އެހެން ރަށެއްގެ އިންޖީނުތަކަށް ދިމާވެފައި ނުވާ ކަމަށެވެ."މިވީހާތަނަށް ނެތް މިކަހަލަ ސިޓުއޭޝަނެއް އައްޑޫ ސިޓީއަށް އައިސްފައެއް. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޫޓިލިޓީސް ކުންފުނިތައް ފެނަކައަށް ބަދަލުވިފަހުން އައްޑޫ ސިޓީގައި މިކަހަލަ އެމަޖެންސީ ހާލަތެއް ނެތް އައިސްފައެއް. މިއީ ވަރަށް ރެއާކޮށް ދިމާވެފައި އޮތް ކަމެއް،" ޝަރީފު ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ހަތަރު އިންޖީނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ސްޕެއާ ޕާޓްސް އެރަށާ ހަމައަށް ގެންދިޔުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށާއި އެމައްސަލަ ހައްލު ކުރެވެންދެން ބޭނުންކުރާނެ ޖަނަރޭޓަރު ސެޓްތައް ހިފައިގެން ދަތުރު ކުރަމުންދާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ޖަނަރޭޓަރު ސެޓްތައް އިންސްޓޯލްކޮށް ނިމޭނެ ކަމަށެވެ."އަޅުގަނޑުމެން މިހާރު ވާނީ އައްޑޫއަށް 1.2 މެގަވޯޓްގެ ޖަނަރޭޓަރަކާއި 1 މެގަވޯޓުގެ ޖަނަރޭޓަރެއް މިމަހުގެ އަށް ވަނަ ދުވަހު ފޮނުވާލާފައި،" އޭނާ ވިދާޅުވިއެވެ.ޝަރީފް ވިދާޅުވީ އެއްފަހަރާ ހަތަރު އިންޖީނަށް މައްސަލަ ދިމާވީ ސްޓްރަކްޗަރަލް މައްސަލަތަކެއްގެ ސަބަބުގެ އިތުރުން ކައިރި ކައިރީގައި އިންޖީންތައް ހުރުމުން އެއް އިންޖީނުން އަނެއް އިންޖީނަށް ހޫނު ވުމުގެ ސަބަބުން ކަމަށެވެ. އަދި މައި އިންޖީނުގެ ފިޔަވައި އެހެން އިންޖީނުތައް ހުރީ ޓިނުން ހަދާފައިވާ 'ހަޓެއް'ގެ ތެރޭގައި ވުމުން އިތުރަށް ހޫނުގެ އަސަރުކޮށްފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.އައްޑޫގެ ކަރަންޓަށް ބޮޑު އިންވެސްޓްމެންޓެއް ކުރަން އުޅޭ ކަން ފާހަގަކޮށް ޝަރީފް ވިދާޅުވީ މިހާރު ހުރި ބައެއް އިންޖީނުތަކާއިއެކު މުޅިން އާ އިންޖީނުގެއެއް އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ